ENGLISH

21 އޭޕްރީލު 2025

Advertisement

ތިން ވުޒާރާއެއްގެ މަސައްކަތުގެ ދާއިރާއަށް ގެނައި ބަދަލުތައް ފާސްކޮށްފި

18 މާރިޗު 2025

|

އުމްނާ އިސްމާޢީލް

ތިން ވުޒާރާއެއްގެ މަސައްކަތުގެ ދާއިރާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންނެވި ބަދަލުތައް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ތިން މިނިސްޓްރީއެއްގެ މަސައްކަތުގެ ދާއިރާއަށް ގެންނެވި ބަދަލުތަކަށް މަޖިލީހުގެ ރުހުން ހޯއްދެވުމުގެ މައްސަލަ ތަޅުމަށް ހުށަހެޅުނީ މިދިޔަ މަހުގެ 26 ގަ އެވެ. އެ މައްސަލަ ދިރާސާކޮށް، މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން އެކުލަވާލި ރިޕޯޓަށް މިއަދު ނެގުނު ވޯޓުގައި އެ ބަދަލުތައް ފާސްކުރީ 50 މެމްބަރުންގެ ވޯޓާ އެކު އެވެ.

ބަދަލު ގެނައި މިނިސްޓްރީތަކަކީ:

  • މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމެންޓް އުވާލައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާންސްޓްރަކްޗަރގެ ނަމަށް ބަދަލުކުރުން
  • ފިނޭންސް މިނިސްޓްރީގެ ނަން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން އަށް ބަދަލުކުރުން
  • މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްގެ ނަމަށް ބަދަލުކުރުން

އެއާއެކު އެ ތިން ވުޒާރާގެ މަސައްކަތްތަކުގެ ދާއިރާއަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު