ENGLISH

21 އޭޕްރީލު 2025

Advertisement

ވިޔަފާރި އުސޫލުން ދަނޑުވެރިކަން ކުރާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލަނީ

18 މާރިޗު 2025

|

އާމިނަތު މައިހާ

ރާއްޖޭގައި ވިޔަފާރި އުސޫލުން ދަނޑުވެރިކަމުގައި ހަރަކާތްތެރިވެ އުޅޭ ފަރާތްތައް ދެނެގަތުމަށްޓަކައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ދަފްތަރެއް އެކުލަވާލުމަށް ނިންމައިފިއެވެ.

ވުޒާރާއިން ބުނީ އެ މަޢުލޫމާތު ނެގުމަށް ހަމަޖެހިފައިވަނީ މި ވަގުތު ވިޔަފާރި އުސޫލުން ދަނޑުހައްދާ ފަރާތްތަކާއި، ވިޔަފާރި އުސޫލުން ކުދިޖަނަވާރު އަދި ކުކުޅު ގެންގުޅޭ ފަރާތްތަކާއި، ވިޔަފާރި އުސޫލުން ގަސް ހައްދާ ވިއްކާ ފަރާތްތައް އަދި ވިޔަފާރި އުސޫލުން މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކާ އެކުގައި ކަމަށެވެ.

ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ އަދި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތައް 10 އޭޕްރީލް 2025 ވަނަ ދުވަހުގެ ކުރިން ވުޒާރާގެ މެއިލްއަށްް [email protected] ފޯމު ހުށަހެޅުމަށް އެދިފައިވެއެވެ.

މި ދަފްތަރުގައި، މި ވަގުތު މީހުން ދިރިއުޅޭ ރަށްތަކުގައި ދަނޑުވެރިކަން ކުރަމުން އަންނަ އަމިއްލަ ފަރުދުން ނުހިމެނޭނެއެވެ.

މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ ދަނޑުވެރިކަމާ ބެހޭ ވުޒާރާގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލްކުރެއްވުމަށް ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު