ENGLISH
21 އޭޕްރީލު 2025
ހޮނިހިރު ދުވަހުން ފެށިގެން ގޮވާމުން ޒަކާތް ބަލައިގަންނަން ފަށަނީ
17 މާރިޗު 2025
|
މިނިސްޓަރު ޝަހީމް އަދި ޒަކާތު ހައުސްގެ ޑިރެކްޓަރު ޖެނެރަލް ޝައިހް އިއްޒުއްދީން ނޫސްވެރީނަށް މައުލޫމާތު ދެއްވަނީ
ހޮނިހިރު ދުވަހުން ފެށިގެން ގޮވާމުން ޒަކާތް ބަލައިގަންނަން ހަމަޖެހިފައިވާ ކަމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން ބުނެފި އެވެ.
ޒަކާތު ހައުސް އިން ބުނީ އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދެއްކުމަށް ބޭނުންވާ މީހުންނަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ. ގޮވާމުން ޒަކާތް ބަލައިގަންނާނީ މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށެވެ.
ފިތުރު ޒަކާތުގެ ގޮތުގަައި ދައްކާނީ އެބަޔަކު ޢާންމުކޮށް ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ.
ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނާނީ މަޖީދިއްޔާ ސުކޫލުގެ ސަލާޙުއްދީން ހޯލުގަ އެވެ. ޒަކާތުގެ ގޮތުގައި ގޮވާމުން ބަލައިގަންނާނީ ހަ ބާވަތެކެވެ.
* އާދައިގެ ހަނޑޫ
* ތައިލެންޑް ހަނޑޫ
* ބާސްމަތީ ހަނޑޫ
* ރަތް ހަނޑޫ
* ގޮދަން ފުށް
* އާޓާ ފުށް
ޒަކާތް ބަލައިގަންނާނީ ކޮންމެ ދުވަހަކު ވެސް މެންދުރު އެކަކުން ހަތަރެއް ޖެހުމާ ހަމައަށް ކަމަށް ވެސް ޒަކާތު ހައުސް އިން ބުންޏެވެ.