ENGLISH
21 އޭޕްރީލު 2025
ދަނޑުވެެރީންނަށް ލޯނަށް ހުޅުވާލައިފި، އަންހެނުންނަށް އިސްކަން ދޭނެ
17 މާރިޗު 2025
|
ދަނޑުވެރިކަމާބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ދަނޑުވެރިއަކާ އެކު ފަޅޯ ދަނޑެއްގައި މަޑުކޮށްލައްވައިގެން-- ފޮޓޯ/ ދަނޑުވެރިކަމާ ބެހޭ ވުޒާރާ
ދަނޑުވެެރީންނަށް ޚާއްސަ ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ދަނޑުވެރިކަމާއި ބެހޭ ވުޒާރާ އިން ބުނި ގޮތުގައި މިއީ ކުދި އަދި މެދުފަންތީގެ ދަނޑުވެރީންނަށް ޚާއްސަ ލޯނު ޕްރަގްރާމެކެވެ.
މި ލޯނަށް ކޮމަން ފަންޑް ފޯ ކޮމޮޑިޓީސް (ސީއެފްސީ) އިން މިހާރު ހުޅުވާލާފައިވާ ކަމަށް އެ ވުޒާރާ އިން ބުންޏެވެ. ލޯނު ދޫކުރުމުގައި އަންހެން ދަނޑުވެރީންނަށް އިސްކަން ދޭނެ ކަމަށް ވެސް އެ ވުޒާރާ އިން ވަނީ ބުނެފަ އެވެ.
އެއީ އިޤްތިސާދީ ގޮތުން އަންހެނުން ބާރުވެރިކޮށް ދަނޑުވެރިކަމުގެ މަސައްކަތު ގައި ކުރިއަށް ދިއުމަށް އެކަނބަލުންނަށް ހިތްވަރު ދިނުން ކަމަށް އެ ވުޒާރާ އިން ވަނީ ބުނެ އެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާ އިން ބުނީ މި ފުރުސަތު ރާއްޖޭގެ ހުރިހާ ދަނޑުވެރީންނަށް އޮންނާނެ ކަމަށެވެ. އަދި މިއީ ދަނޑުވެރިކަން ފުޅާކޮށް އެހެން ހަރުފަތަކަށް ގެންދިއުމަށް ލިބޭ ރަނގަޅު ފުރުސަތަކަށް ވާނެ ކަމަށެވެ.
ލޯނަށް އެދޭ މީހުން އަންނަ މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ޕްރޮޕޯސަލް ހުށައަޅަން ޖެހެ އެވެ.
ސީއެފްސީން ބުނި ގޮތުގައި ޒަމާނީ ވަސީލަތްތަކުގެ އެހީގައި ދަނޑުވެރިކަން ކުރުމަށް ބޭނުންވެ އެކަމަށް އެދި ހުށައަޅާ ހުށައެޅުންތަކަށް ވެސް އިސްކަން ދޭނެ އެވެ.
ދަނޑުވެރިކަން ފުޅާކޮށް ދިވެހީން ބޭނުންވާ މިންވަރަށް ބައެއް ބާވަތްތައް އުފެއްދުމަށް ޚާއްސަ އިސްކަމެއް ސަރުކާރުން ދެ އެވެ.