ENGLISH

13 ޖުލައި 2025

Advertisement

ޅ. އަތޮޅުން އައިޑީކާޑު ޚިދުމަތް ދޭން ފަށަނީ

17 މާރިޗު 2025

|

އަޙުމަދު ޙަމީދު

ޅ. އަތޮޅުގައި އައިޑީކާޑު ޚިދުމަތް ފެށުމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން އާއި ޅ. އަތޮޅު ކައުންސިލް އިދާރާއާ ދެމެދު އެެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު-- ފޮޓޯ/ޑީއެންއާރު

ފާދިއްޕޮޅުން އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ދޭން ތައްޔާރުވެއްޖެ އެވެ.

ޅ. އަތޮޅުގައި އެ ޚިދުމަތް ފެށުމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން އާއި ޅ. އަތޮޅު ކައުންސިލް އިދާރާއާ ދެމެދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

ޑީއެންއާރުން ބުނީ ރާއްޖޭގެ ހުރިހާ އަތޮޅަކުން އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ދިނުމުގެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން މިހާރު ކުރަމުންދާ މަަސައްކަތުގެ ފާދިއްޕޮޅު ގައި އެ ޚިދުމަތް ފެށުމަށް ތައްޔާރު ވަމުން އަންނަ ކަމަށެވެ.

ފާދިއްޕޮޅު ގައި މި ޚިދުމަތް ދޭން ފެށުމުން މާލެ ފިޔަވާ އަތޮޅުތެރޭގެ 13 ރަށަކުން އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ދޭން ފެށުނީ ކަމަށް ޑީއެންއާރުން ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރަކީ މި އަހަރު ނިމުމުގެ ހުރީން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތާއި ޕާސްޕޯޓްގެ ޚިދުމަތް ފެށުމެވެ.

ކިޔުންތެރިންގެ ހިޔާލު