ENGLISH
02 އޭޕްރީލު 2025
މަގުތައް މަރާމާތު ކުރާއިރު، ދެން މަގު ބަންދުކުރާކަށް ނުޖެހޭނެ!
17 މާރިޗު 2025
|
އެސްޓްރާ ބްރިޖަކީ ސުވިޒަލޭންޑްގެ އީޖާދެއް-- ފޮޓޯ:އެސްޓްރާއެޑްމިން
އެންމެ މަޤްބޫލު
ބޮޑެތި މަގުތައް މަރާމާތު ކުރުމުގެ މަސައްކަތްތަކަކީ އަބަދުވެސް އެކަމެއްގެ ސަބަބުން މަގު ބޭނުންކުރާ އެންމެހާ ފަރާތްތަކަށް އުނދަގުލާ ކުރިމަތިލާންޖެހޭ ކަމެކެވެ. މަގުގެ އެންމެ ލޭނެއްގައި ކުރެވޭ މަރާމާތުގެ މަސައްކަތުން ވެސް، ގިނަ ލޭންތަކެއް ބަންދުކުރަން ޖެހި، ޓްރެފިކް ބޮޓޮލްނެކްތައް އުފެދި، ދުއްވާ އުޅަނދުތަކުގެ ޖުމްލަ ސްޕީޑު ދައްވެއެވެ. އަދި މުޅި މަގު ބަންދު ކޮށްގެން މަސައްކަތް ކުރާއިރު ކުރިމަތިވާ ދަތިތައް އެތައް ގުނައެއް އިތުރުވެއެވެ.
ސްވިޒަލެންޑްގެ ފެޑެރަލް ރޯޑްސް އޮފީހުން ވަނީ މި މައްސަލައަށް ވަރަށް ޒަމާނީ ހައްލެއް އީޖާދު ކޮއްފައެވެ. އެސްޓްރާ ބްރިޖްގެ ނަމުން ނަންދެވިފައިވާ މިއީޖާދަކީ މަގުތަކުގެ މަސައްކަތް ކުރަމުން ގެންދާއިރު، މަސައްކަތް ކުރާ ސަރަހައްދުގެ މަތިން އުޅަނދުތަކަށް ދަތުރު ކުރެވޭ ގޮތައް ފަސޭހައިން އަތުރާލެވޭ ޕޯޓަބަލް ބްރިޖެެއް ނުވަތަ ފްލައިއޯވާ އެކެވެ. މި ބްރިޖް އެކުލެވިގެންވަނީ އަތުރާލެވޭ ގޮތަށްހުންނަ ބައިތަކެއްގެ މައްޗަށެވެ.
އެސްޓްރާ ބްރިޖްމަތިން އުޅަނދުތައް ދަތުރުކުރަނީ-- ފޮޓޯ:އެސްޓްރާއެޑްމިން
މި ބްރިޖްގެ ބައިތައް މަސައްކަތްކުރަން ހަމަޖެހިފައިވާ ސަރަހައްދުގަ 48 ގަޑިއިރުތެރޭ އަތުރާލެވެއެވެ. އަދި އަތުރާ ނިމޭއިރު މަސައްކަތް ކުރަން ހަމަޖެހިފައިވާ ސަރަހައްދުގެ މަތިން ދަތުރުކުރެވޭނެ ފްލައި އޯވާއެއް ހެދިގެންދާނެއެވެ.
އެސްޓްރާ ބްރިޖްގެ ބައިތައް ބޭނުންވާ ހިސާބެއްގަ 48 ގަޑިއިރުތެރޭ އަތުރާލެވޭ--ފޮޓޯ:އެސްޓްރާއެޑްމިން
މި އޮނިގަނޑުގައި ދެފަރާތުގައި، އުޅަނދުތަކަށް ފަސޭހަކަމާއެކު ފްލައިއޯވަރއަށް އަރާ ފޭބުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ރޭމްޕްތައް ހުރެއެވެ.
އެއް ސަރަހައްދެއްގެ މަސައްކަތް ނިމުމުން، މި ބްރިޖައި އެކުލެވިފައިވާ ހައިޑްރޯލިކް ލިފްޓްތަކުން ބްރިޖް ދެތިން އިންޗި އުފުލައި، ކުރިއަށް ގެންގޮސް، ދެން މަސައްކަތްކުރަން ޖެހޭ ސަރަހައްދަށް ފަސޭހައިން ބަދަލުކުރެވެއެވެ.
ދިގުމިނަކީ 840 ފޫޓަޫ އަދި ފުޅާމިނުގައި 25 ފޫޓު ހުންނަ މިބްރިޖްގެ ދަށުގައި، މަސައްކަތްކުރާ ފަރާތްތަކަށް ހަމަޖެހިގެން މަސައްކަތް ކުރުމަށް ތަނަވަސް ޖާގައެއް ލިބިގެންދެޔެވެ. މަސައްކަތް ކުރަމުންދާއިރު މަގު ބަންދުކުރަން ނުޖެހުމުގެ ސަބަބުން މަސައްކަތް ކުރާ ފަރާތްތަކަށް އެއްވެސް ވަރަކަށް ޓްރެފިކަށް ވިސްނާކަށް ނުޖެހެއެވެ. އަދި ހިޔާ ކޮަޮށްފައިވާ ސަރަހައްދެއްގައި މަސައްކަތްކުރަަން ޖެހުމުން މަސައްކަތްކުރާ ފަރާތަކަށް ވާރެޔާއި އަވިންވެސް ރައްކާތެރިކަން ލިބެއެވެ.
އެސްޓްރާ ބްރިޖްގެ މަތިން އުޅަނދުތައް ދަތުރުކުރާއިރު، އެއްވެސް ކަހަލަ އުނދަގުލެއްނެތި ދަށުގައި މަސައްކަތް ކުރެވޭ--ފޮޓޯ:އެސްޓްރާއެޑްމިން
މި ބްރިޖްމަތިން ދަތުރުކުރެވޭ އުޅަނދުތަކުގެ ތެރޭގައި ސްޕޯޓްސް ކާރުތަކާއި، ކޯޗުތަކާއި، ޓްރަކުތަކާއި، ސެމީ-ޓްރެއިލަރުތައް ހިމެނެއެވެ.
މިހެންވުމުން މިއީ މަގު މަރާމާތުކުރުމުގެ މަސައްކަތް ކުރަންޖެހޭ ކޮންމެ ތަނެއްގައި ވެސް ބޭނުންކުރުމަށް އެންމެ އެކަށީގެންވާ އީޖާދެކެވެ.