ENGLISH
20 ޖުލައި 2026
ސައުތުއީސްޓް އޭޝިއަން ޕްލަސް ޔޫތު ގޭމްސް އިފުތިތާހުކުރުމުގެ ރަސްމިއްޔާތުގައި ތަމޫހު
19 ޖުލައި 2026
|
ސައުތު އީސްޓް އޭޝިއަން ޕްލަސް ޔޫތު ގޭމްސް އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއޯސީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު --- ފޮޓޯ: އެމްއޯސީ
އެންމެ މަޤްބޫލު
"ސައުތުއީސްޓް އޭޝިއަން ޕްލަސް ޔޫތު ގޭމްސް" ރަސްމީކޮށް އިފުތިތާހުކުރުމުގެ ރަސްމިއްޔާތުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަޙްމަދު ސައީދު ބައިވެރިވެވަޑައިގެންފިއެވެ.
ފިލިޕީންސްގެ މެޓްރޯ މެނީލާގައި މި މަހުގެ 11 ވަނަ ދުވަހު އޮތް ރަސްމިއްޔާތުގައި އިފުތިތާހުކުރި ސައުތުއީސްޓް އޭޝިއަން ޕްލަސް ޔޫތު ގޭމްސްއަކީ ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުގެ އިތުރުން "ޕްލަސް" ކޮންސެޕްޓުގެ ދަށުން އޭޝިއާގެ އެކި ސަރަހައްދުތަކުން ދައުވަތު ދެވޭ ޤައުމީ އޮލިމްޕިކް ކޮމިޓީތަކަށް ނިސްބަތްވާ، އުމުރުން 16 އަހަރުން ދަށުގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މުބާރާތެކެވެ.
ސަރަހައްދީ ފެންވަރުގައި ޒުވާން ކުޅިވަރު ކުޅުންތެރިންގެ ހުނަރު ކުރިއަރުވައި ވަރުގަދަކުރުމަށް ފަރުމާކޮށްފައިވާ މި ގޭމްސްގެ މައިގަނޑު މަގުސަދަކީ ޤައުމުތަކުގެ މެދުގައި އޮންނަ ރަހުމަތްތެރިކަން އާލާކޮށް، ސަރަހައްދީ އެއްބާރުލުން ބަދަހިކުރުމުގެ އިތުރުން، ޒުވާން ކުޅުންތެރިން ކުޅިވަރުގެ އެންމެ މަތީ ހަރުފަތްތަކަށް ވާސިލުވުމަށް ބޭނުންވާ ބައިނަލްއަގުވާމީ މައިދާނުގެ ތަޖުރިބާ އާއި ފުރުސަތުތައް ފަހިކޮށްދިނުން ކަމަށް އެމްއޯސީން މައުލޫމާތުދެއެވެ.
2027 ވަނަ އަހަރު ފިލިޕީންސްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ އެންމެ ފުރަތަމަ އެޑިޝަނަށް ދައުވަތު ލިބުނު ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުމަކީ، ރާއްޖެއަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް ކަމަށް އެމްއޯސީން ބުނެއެވެ.