ENGLISH
20 ޖުލައި 2026
އޭޝިއަން އޭޖް ގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕުގައި ރާއްޖޭގެ 28 ފެތުންތެރިން ބައިވެރިވެއްޖެ
19 ޖުލައި 2026
|
އޭޝިއަން އޭޖް ގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ފެތުންތެރިންގެ ޓީމު --- ފޮޓޯ: ސްވިމިން އެސޯސިއޭޝަން
އެންމެ މަޤްބޫލު
ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި މިހާރު ކުރިއަށްދާ 12 ވަނަ އޭޝިއަން އޭޖް ގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕް 2026 ގައި ދިވެހިރާއްޖޭގެ ފެތުންތެރިންގެ ޓީމު ބައިވެރިވެއްޖެއެވެ.
މި މަހުގެ 17 އިން 25 އަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ވާދަކުރާ ފެތުންތެރިންނަކީ އަޒާން އަޒްމީލް ލަތީފް، ދާނިޔަލް އަމީން ފައިސަލް، އިބްރާހިމް ޖޫދު ހުސައިން، އިސްމާޢީލް އަޖްމަލް މޫސާ ޒަމީރު، އިޒްޔާން ނާޒިމް، ލޫތު މުޙައްމަދު ހުސައިން، މަކީން އަޙްމަދު ޝަކީބު، އައިމަން މޫސާ ރަޝީދު، އިބްރާހީމް ޔުއާން ޝަމީމް، މުޙައްމަދު އާއިޝް ސިނާން، ޔާސީން މުޙައްމަދު ޔޫސުފް، އިސްމާޢީލް ހާމް ހުސައިން، މުޙައްމަދު ރާހިން ޔޫނުސް، ޒާކިން އަޝްރަފް ރަޝީދު، މުޙައްމަދު އަލްޔާން ޝިފާން، އަލްފީ ސަމާހް ހަލީމް، ދާލިއާ އައިދާ ލަތީފް، މަރިޔަމް އަގްސާ އަސަދު ހަނީފް، މަރިޔަމް އައިރާ ޝިރްނީލް، ސާރާ މުޙައްމަދު، ސާރާ އަޙްމަދު ސައީދު، މަލައިކާ ލިންޑާ އިމްރާން، އަލްޔާ އަޝްރަފް، އަޔާނާ އަރީފް، އައިޝާ ޒާޔާ ހުސައިން، ފާތިމަތު އަންޖަލް ފަޔާޒް، އައިޝަތު އަލީނާ ޝާހިދު އަދި އަލައިޔާ ޝަހުދީ އަންވަރެވެ.
މި ދަތުރުގައި ރާއްޖޭގެ ޓީމުގެ މެނޭޖަރަކީ މުޙައްމަދު ވިޝާމެވެ. އަދި އެސިސްޓެންޓް މެނޭޖަރަކީ ޚަދީޖާ އީސާފުޅެވެ. ޓީމުގެ ކޯޗުންގެ ގޮތުގައި ހިމެނެނީ އަބްދުލް އަލީމް އަބްދުއްރަހުމާން، މުޙައްމަދު ސަމީރު އަދި މުޙައްމަދު ޖައުފަރެވެ.