ENGLISH

21 އޭޕްރީލު 2025

Advertisement

ކާށި އާލާކުރުމުގެ މަރުކަޒު ގާއިމުކުރުމަށް ކުރިއަށްގެންދާ މަޝްވަރާތަކަށް އާންމުންގެ ހިޔާލު ހޯދަނީ

17 މާރިޗު 2025

|

ޝަރާ އަބްދުﷲ

އދ. ދިގުރަށު މަތިން ނަގާފައިވާ ފޮޓޯއެއް: ކުރިން ބޭނުންކޮށް އިތުރުވާ ވަރަށް ހުރިހާ ރަށަކުންވެސް ކާށި ލިބޭ-- ފޮޓޯ/ބްލިސް އެމްވީ

ދިވެހިރާއްޖޭގައި ކާށި އާލާކުރުމަށްޓަކައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރައިން އދ. އަރިޔަދޫގައި ކާށި އާލާކުރާ މަރުކަޒެއް  ގާއިމުކުރުމަށްޓަކައި ކުރިއަށްގެންދާ މަޝްވަރާތަކަށް އާންމުންގެ ހިޔާލު ހުށަހެޅުމަށް ހުށަހަޅައިފިއެވެ.

މިއީ ރާއްޖޭގައި ރުއް އާލާކުރުމަށް ހިންގާ ގައުމީ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓްގެ ދަށުން އަރިޔަދޫގައި "ކޮކޮނަޓް ޑިވެލޮޕްމެންޓް ސެންޓަރ" އެއް ޤާއިމުކުރުމަށް ނިންމައި ދަނޑުވެރިކަމާ ބެހޭ ވުޒާރާގެ ރަށެއްގެ ގޮތުގައި އަރިޔަދޫ ވަނީ ކަނޑައަޅާފައެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރައިިން އެކްސްގައި ކުރި ޕޯސްޓް

ދިވެހިރާއްޖޭގައި ހެދޭ، އަދި ހައްދަން ބޭނުންވާ މަތިވަރާއި، ފެންވަރު ރަނގަޅު ރުކުގެ ނާސަރީތަކެއް އެ ސެންޓަރުގައި ގާއިމުކުރެވި ރުކުގެ ސެޓިފައިޑް ތަފާތު މުޑުވައްތައް ރަށްތަކަށް ފޯރު ކޮށްދިނުމުގެ މަސައްކަތް ކުރެވޭނެކަމަށް އެވުޒާއިން މައުލޫމާތު ދެއެވެ. ރުކުގެ އިތުރަށް ހޭޅިފަށުގައި ހެގޭ ގަސްގަހާގެހި އާލާކުރުމުގެ މަސައްކަތާއި ގަސްކާނާގެ ޔަގީންކަން ގާއިމުކުރުމަށްޓަކައި، ބޭނުންވާ ތަފާތު މުޑުވައްތައްވެސް އެރަށުގައި އާލާކުރުމަށް އެވުޒާރާއިން ވަނީ ނިންމާފައެވެ.

މި މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ހިޔާލު ދޭން ބޭނުންވާ ފަރާތްތައް ނަން ނޯޓުކުރުމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ހުޅުވާލާފައެވެ. އެފުރުސަތު އާއްމުންނަށާއި، ޖަމިއްޔާތަކުގެ އިތުރުން ކުންފުނިތަކަށްވެސް ވަނީ ހުޅުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު
17 މާރިޗު 2025

އިދުރިސް ·

ތީ މިހާރުވެސް ކުރަން ލަސްވެފަ އޮތް ކަމެއް. ވަރަށް ރަނގަޅު ނިންމުމެއް