ENGLISH

13 ޖުލައި 2025

Advertisement

ވައްކަމުގެ މައްސަލައެއްގެ ތުހުމަތުވާ މީހަކު ދެވަނަ ފަހަރަށް ހޯދަން އިއުލާންކޮށްފި

17 މާރިޗު 2025

|

އާމިނަތު މައިހާ

ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައެއްގެ ތުހުމަތުގައި މީހަކު ހޯދުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިއުލާނުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހޯދަމުން ދަނީ މުޙައްމަދު ތިބްޔާން ޝަހީން، ގ. ސީވޭވް/މާލެ (24އ) އެވެ. 

އެކްސްގައި ކުރި ޕޯސްޓެއްގައި ފުލުހުން ވަނީ އޭނާ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ހުޅުމާލެ ފޭސް 2 ޕޮލިސް އިންވެސްޓިގޭޝަންގެ ނަމްބަރު 9393351 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދިފައެވެ.  

އޭނާ ހޯދުމަށް މީގެ ކުރިންވެސް ފުލުހުން އިއުލާނުކޮށްފައިވެއެވެ. 

ވައްކަމުގެ މައްސަލައެއްގައި މީހަކު ހޯދަން އިއުލާން ކުރިިއިރު، ފުލުހުން އާއްމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ ފެބްރުވަރީ މަހު އެ އިދާރާއަށް ރިޕޯޓުކުރި ވައްކަމުގެ މައްސަލަތައް ވަނީ މަދުވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު