ENGLISH
13 ޖުލައި 2025
ހއ. ދިއްދޫގެ 75 ހައުސިންގ ޔުނިޓް ނިމުމަކާ ގާތަށް
17 މާރިޗު 2025
|
ހއ. ދިއްދޫގައި އިމާރާތްކުރަމުންދާ 75 ހައުސިންގ ޔުނިޓް..ފޮޓޯ: ޕީއެސްއެމް ނިއުސް
ހއ. ދިއްދޫގައި އިމާރާތްކުރަމުންދާ 75 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރަމުންދާ ކޮންޓްރެކްޓާރ މޯލްޑިޕްވސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެސްޖޭ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ 120 މިލިއަން ރުފިޔާގެ މި މަޝްރޫޢު މި އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއެވެ.
ފޮޓޯ: އިމާރާތްކުރުމާއި ބިނާރާ ބެހޭ ވިޒާރާ
ދިއްދޫ ރޯހައުސްތަކުގެ 83.2 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސީއިން ބުނެއެވެ.
ރޯ ހައުސްގޮތަށް ދެ ފަންގިފިލާއަށް އަޅާ މި މަޝްރޫޢުގެ ކޮންމެ ޔުނިޓެއްގައި ހިމެނެނީ 3 ކޮޓަރިއާއި، ތިން ފާޚާނާއާއި، ސިޓީންރޫމަކާއި، ބަދިގެއަކާއި، ކާގެއަކާއި ލޯންޑްރީ އަދި ސްޓޯރޭޖް ރޫމެކެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. މި މައްސަލަ ހައްލުކުރެއްވުމަށްޓަކައި ސަރުކާރުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫޢުތައް ހިންގަމުންނެވެ.