ENGLISH

13 ޖުލައި 2025

Advertisement

"ރީފް ސީޑް" ޕްރޮޖެކްޓް މިނިސްޓަރ ޝިޔާމް އިފްތިތާހުކޮށްދެއްވައިފި

17 މާރިޗު 2025

|

އާމިނަތު މައިހާ

ފަރުތައް އިޔާދަކުރުމަށް އެކުއަކަލްޗަރ ސިސްޓަމް މެދުވެރިކޮށް މުރަކަ ވިއްސާ މަޝްރޫޢު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: މިނިސްޓްރީ އޮފް ފިޝަރީސް އެންޑް އޯޝަން ރިސޯސަސް

ފަރުތައް އިޔާދަކުރުމަށް އެކުއަކަލްޗަރ ސިސްޓަމް މެދުވެރިކޮށް މުރަކަ ވިއްސާ މަޝްރޫޢު މިނިސްޓަރ އޮފް ފިޝަރީސް އެންޑް އޯޝަން ރިސޯސަސް، އަޙްމަދު ޝިޔާމް އިފްތިތާހު ކޮށްދެއްވައިފިއެވެ.

މިއީ އެކުއަކަލްޗަރ ސިސްޓަމެއް މެދުވެރިކޮށް މުރަކަ ވިއްސާ، ފުޅާ ދާއިރާއެއްގައި ފަރުތައް އިޔާދަކުރުމުގެ މަގުސަދުގައި، މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓާއި (އެމް.އެމް.އާރް.އައި) އޮސްޓްރޭލިއަން އިންސްޓިޓިއުޓް ފޮރ މެރިން ސައިންސް (އެއިމްސް) އަދި ކޮމަންވެލްތު ސައިންޓިފިކް އެންޑް އިންޑަސްޓްރިއަލް ރިސާރޗް އޯގަނައިޒޭޝަން (ސީއެސްއައިރޯ) އާއި ގުޅިގެން ހިންގާ ޕްރޮޖެކްޓެކެވެ.

ކޮރަލް ރިސާރޗް އެންޑް ޑިވެލޮޕްމަންޓް އެކްސެލެރޭޓަރ ޕްރޮގްރާމް (ކޯޑެޕް)ގެ އެހީގައި ހިންގޭ މި ޕްރޮޖެކްޓްގެ މުއްދަތަކީ ތިން އަހަރެވެ. މިކަމުގެ ޢަމަލީ މަސައްކަތްތައް ރާއްޖޭގައި ފެށުން ފާހަގަ ކުރުމަށްޓަކައި "ރީފް ސީޑް ޑެމޮންސްޓްރޭޝަން ޑޭ" ގެ ނަމުގައި ޚާއްސަ ހަރަކާތެއް ވަނީ ކ. މަނިޔަފުށީގައި ބާއްވާފައެވެ.

ފަރުތައް އިޔާދަކުރުމަށް އެކުއަކަލްޗަރ ސިސްޓަމް މެދުވެރިކޮށް މުރަކަ ވިއްސާ މަޝްރޫޢު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: މިނިސްޓްރީ އޮފް ފިޝަރީސް އެންޑް އޯޝަން ރިސޯސަސް

މި ޕްރޮޖެކްޓްގެ ދަށުން "ރީފް ސީޑް ސިސްޓަމް" ގެ ނަމުގައި، މުރަކައިގެ ބިސް އަދި ލާރވޭ ބޭނުންކޮށްގެން މުރަކަ އާލާކުރުމުގެ ޚާއްސަ އެކުއަކަލްޗަރ ކޮންޓެއިނަރ ސިސްޓަމެއް އޮސްޓްރޭލިޔާގައި ތައްޔާރުކޮށް، އެ ސިސްޓަމް މިހާރު ވަނީ ކ. މަނިޔަފުށީގައި ހިންގާ މެރިކަލްޗަރ ރިސާރޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި ބެހެއްޓިފައިކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މި ސިސްޓަމްގައި މުރަކައިގެ ބިސް، އެކުއަކަލްޗަރ ފަންނުތައް ބޭނުންކޮށްގެން، ލާރވާގެ ސްޓޭޖުން ފަރުތަކުގައި އަށަގަންނަ މިންވަރަށް ބޮޑުކޮށް އަދި ކަނޑައެޅޭ ފަރުތަކަށް ބަދަލުކޮށް، މި ޓެކްނޮލޮޖީގެ ޒަރިއްޔާއިން ފުޅާ ދާއިރާއެއްގައި ފަރުތައް އިޔާދަކުރުމުގެ ފުރުސަތު އޮތް މިންވަރު ދެނެގަތުމުގެ ދިރާސާ މަސައްކަތްތައް ކުރުން ވަނީ ހަމަޖެހިފައެވެ.

މިނިސްޓްރީން ބުނީ ރީފް ސީޑް ޕްރޮޖެކްޓްގެ އަމަލީ މަސައްކަތްތައް ރާއްޖޭގައި ފެށުމުގެ ކުރިން އެމް.އެމް.އާރް.އައިގެ މުވައްޒަފުން ވަނީ 2024 ވަނަ އަހަރު، އޮސްޓްރޭލިއާގެ އެއިމްސްގެ ފެސިލީޓީގައި މުރަކަ ވިއްސާ އާލާކުރުމާއި ފަރުތައް އިޔާދަކުރުމުގެ ފަންނުތައް އުނގެނި ރީފް ސީޑް ސިސްޓަމް ބޭނުންކުރުމަށް ތަމްރީނުދެވިފައިވާ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު