ENGLISH

26 ނޮވެމްބަރު 2024

އަންނަ އަހަރު ރާއްޖޭގެ އިގްތިސާދު 6.4 ޕަސެންޓް ކުރި އަރާނެ ކަމަށް ލަފާކޮށްފި

31 އޮކްޓޯބަރު 2024

ފިނޭންސް މިނިިސްޓަރު މިއަދު ބަޖެޓް ހުށަހަޅުއްވަނީ. ފޮޓޯ: މަޖިލިސް

އަންނަ އަހަރު ރާއްޖޭގެ އިގްތިސާދު 6.4 އިންސައްތަ ކުރިއަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފިއެވެ. 

 56,625.6 ބިލިއަން ރުފިޔާގެ ބަޖެޓެއް 2025 ވަނަ އަހަރަށް ހުށަހަޅައިފިއެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅާފައިވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.  

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ގައި އާމްދަނީގެ ގޮތުގައި ދައުލަތައް 37,201.6 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވާއިރު ހިލޭ އެހީގެ ގޮތުގައި 2,590.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮސްފައިވެއެވެ. އެހެންކަމުން ހިލޭ އެހީއާއި އާމްދަނީގެ ގޮތުގައި 2025 ވަނަ އަހަރު ދައުލަތައް ލިބޭނެކަމަށް ލަފާކޮށްފައިވަނީ 39,792.0 ބިލިއަން ރުފިޔާއެވެ.

އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓްގައި އާމްދަނީ އިތުރުކޮށްގެން 4.9 ބިލިޔަން ރުފިޔާ ދައުލަތަށް އިތުރަށް ހޯދޭނެކަމަށް ލަފާކޮށްފައިވެއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ސަރުކާރުގެ އިދާރާތަކުން ޚަރަދުކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުން އަންނަ އަހަރު ދައުލަތުގެ ޚަރަދުތަކުން 6.6 ބިލިއަން ރުފިޔާ ކުޑަކުރެވޭނެކަމަށްވެސް ލަފާކޮށްފައިވައެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ގައި ތަރައްގީގެ މަސްރޫއުތަކަށް 12.4 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު އޭގެ ތެރެއިން 1.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގުމަށެވެ. އަދި އޭގެ އިތުރުން 5 އިންސައްތަ އިންޓަރެސްޓް ރެޓްގައި 2 ބިލިއަނާ 4 ބިލިއަނާ ދެމެދުގެ ލޯނު ބޯހިޔާވަހިކަމާ ގުޅުންހުރި ދާއިރާއިން ފޯރުކޮށްދިނުމަށްވެސް ކަނޑައަޅާފައިވެއެވެ.

ބަޖެޓްގައި ހިމެނޭ މުހިއްމު ބައިތައް:

1. 56.6 ބިލިއަންގެ ބަޖެޓެއް

2. ޕީއެސްއައިޕީއަށް 12.4 ބިލިއަން

3. ހައުސިން މަޝްރޫއުތަކަށް ޚާއްސަ އިސްކަމެއް ދީފައިވޭ

4. ޚަރަދުކުޑަކުރަން އެޅި ފިޔަވަޅުތަކުން 6.6 ބިލިއަން ކުޑަވާނެ

4. އާމްދަނީ އިތުރުކުރުމުގެ ފިޔަވަޅުތަކުން 4.9 ބިލިއަން ލިބޭނެ.

5. ބަޖެޓް ޑެފިސިޓް 9.6 ބިލިއަން. މިއީ ފަހުގެ ތާރީޚެއްގައި އެންމެ ޑެފިސިޓްކުޑަ ބަޖެޓް

6. މުޅި ބަޖެޓް އެކުލަވާލާފައިވާ ގޮތުން 11.5 ބިލިއަންގެ ފިސްކަލް އިސްލާހެއް

ކިޔުންތެރިންގެ ހިޔާލު