ENGLISH
21 އޭޕްރީލު 2025
ޕޮލިސް ބޯޑަށް ދެ މެމްބަރުން އައްޔަނުކުރަން ފާސްކޮށްފި
17 މާރިޗު 2025
|
ފުލުހުންގެ މައި އިދާރާ
ޕޮލިސް ބޯޑުގެ ދެ މަގާމަކަށް ބޭފުޅުން އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އާންމު ރައްޔިތުންގެ ތެރެއިން ޕޮލިސް ބޯޑަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ދެ މެންބަރުންގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ހަތަރު ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރެއްވި އެވެ. އެ ބޭފުޅުންނާ އިންޓަވިއުކުރުމަށް ފަހު މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން 80 އިންސައްތަ އަށް ވުރެ މަތިން މާކްސް ދެއްވީ:
އެހެންވެ މިއަދުގެ ޖަލްސާގެ ތަޅުމުގައި ވޯޓަށް އަހާފައިވަނީ އެ ދެބޭފުޅުން އައްޔަނުކުރުމާ މެދު އެވެ. އެ ދެބޭފުޅުންނަށް ރުހުން ދިނީ 64 މެމްބަރުންގެ ވޯޓާ އެކު އެވެ.
ޕޮލިސް ބޯޑު އެކުލެވިގެންވަނީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ ދެ މެންބަރުންނާއި، ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުންނާއި، އާންމުކޮށް ހުޅުވާލައިގެން ކުރިމަތިލާ މެމްބަރުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު އައްޔަނުކުރާ ދެ މެންބަރުންގެ މައްޗަށެވެ.