ENGLISH
21 އޭޕްރީލު 2025
ޑެންމާކަށް ނޮން ރެޒިޑެންޓް ސަފީރެއް ކަނޑައަޅަނީ
17 މާރިޗު 2025
|
ސަފީރު ގީލާ ބެލްޖިއަމްގެ ރަސްގެފާނު ފިލީޕޭ އާ އެކު (ފޮޓޯ/ ފޮރިން މިނިސްޓްރީ)
ދިވެހި ރާއްޖޭގެ ފަރާތުން ކިންގްޑަމް އޮފް ޑެންމާކަށް ނޮން ރެޒިޑެންޓް ސަފީރެއް އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޑެންމާކަށް ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރަކަށް، ބެލްޖިމްގެ ސަފީރު ގީލާ އަލީ ހަމަޖެއްސެވުމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި މައްސަލަ ތަޅުމުގައި އިއުލާނުކޮށްފައިވެ އެވެ.
އެއަށްފަހު ރިޔާސަތުން ވަނީ އެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފަ އެވެ.
ރާއްޖޭގެ ސިއްހީ އަދި ޚާރިޖިއްޔާގައި 30 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބެލްޖިއަމްގެ ސަފީރު ގީލާ ވަނީ ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުގެ މިނިސްޓަރ އެންޑް ޗާޖް އެފެއާސް މަޤާމާއި، އިނގިރޭސި ވިލާތުގައި ހުންނަ ދިވެހި އެމްބަސީގެ މިނިސްޓަރ ކައުންސެލާގެ މަޤާމު ވެސް މީގެކުރިން ފުރުއްވާފަ އެވެ. ދެހާސް އަށާރަ ވަނަ އަހަރު ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކެރެޓަރީގެ މަޤާމާއި ކޮންސިއުލަރ ސާވިސެސްގެ ވެރިޔާގެ މަޤާމުވެސް އޭނާ ފުރުއްވި އެވެ.