ENGLISH

21 އޭޕްރީލު 2025

Advertisement

ޑެޕިއުޓީ ގަވަރުނަރު ޢިމާދު އިސްތިއުފާ ދެއްވައިފި

17 މާރިޗު 2025

|

އަހުމަދު ސައީދު

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަަޙްމަދު އިމާދު: އެނާ ވަނީ މިއަދު އިސްތިއުފާ ދެއްވާފައި-- ފޮޓޯ/ ފެންޝަން އޮފީސް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑެޕިއުޓީ ގަވަރުނަރު އަަޙުމަދު އިމާދު އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

މަރުކަރީ ބޭންކުގެ ޑެޕިއުޓީ ގަވަރުނަރު އިސްތިއުފާ މި ދެއްވީ އޭނާ މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނިކޮށެވެ. އިމާދު ޑެޕިއުޓީ ގަވަރުނަރުގެ މަޤާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ ދިނުމާ ގުޅޭ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން، ދާއިމީ ކޮމިޓީއަށް ފޮނުވަން މިއަދުގެ މަޖިލިސް ޖަލްސާއަށް އޮތީ އެޖެންޑާކޮށްފައެވެ. 

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އިމާދު މަގާމުން ވަކިކުރުމުގެ މައްސަލަ ހުށަހެޅުއްވީ، ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފު މުޙައްމަދެވެ.

ލަތީފު ކޮމިޓީއަށް ފޮނުއްވި ސިޓީގައި އިމާދު ވަކިކުރުމަށް ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ވިދާޅުވެފައިވަނީ ގައުުމުގެ އިގްތިސާދު ނިކަމެތިވެގެން ދިޔައިިރު އެމްއެމްއޭގެ ގާނޫނުގައި ބުނާ މަގްސަދުތައް ހާސިލުކުރުމަށް އެކަށީގެންވާ ގޮތަކަށް މަސައްކަތް ނުކުރާ ކަމަށެވެ. ގާނޫނުން މަތިކުރާ ޒިންމާތައް އަދާނުކުރާ ކަމަށް ބުނެ ދާދިފަހުން އެމްއެމްއޭގެ ގަވަރުނަރުކަމުން އަލީ ހާޝިމް ވެސް ވަކިކުރެވުނުކަން ފާހަގަކުރައްވާ އެ ސިޓީގައި ވިދާޅުވެފައިވަނީ، ޑެޕިއުޓީ ގަވަރުނަރަކީ ވެސް ގަވަރުނަރާ އެއްހަމައެއްގައި އެ ޒިންމާތައް އުފުލަންޖެހޭ ފަރާތެއް ނަމަވެސް، އެ ޒިންމާތައް އަދާކުރެއްވުމަށް މަސައްކަތް ކުރައްވާފައިވާކަން އެނގެން ނެތް ކަމަށެވެ.

ޑެޕިއުޓީ ގަވަރުނަރު އިމާދު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅޭގޮތުން މީޑިޔާ އަށް ހިއްސާކުރެއްވި ސިޓީގައި އޭނާ ވަނީ އިސްތިއުފާ ދެއްވަން ނިންމެވި ސަބަބު ބަޔާންކުރައްވައިފައެވެ. އެމްއެމްއޭގައި ހޭދަކުރެއްވި ދިގު މުއްދަތުގައި އޭނާ ވަނީ މުހިންމު ގިނަ މަސައްކަތްތަކެއް ކޮށްދެއްވައިފައެވެ. 

ކިޔުންތެރިންގެ ހިޔާލު