ENGLISH

21 އޭޕްރީލު 2025

Advertisement

ތައިލެންޑުގެ ރަސްގެފާނަށް، ފުއާދުގެ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

17 މާރިޗު 2025

|

ފަޒީލް ޢަބްދުލް ލަތީފު

ތައިލެންޑުގެ ރަސްގެފާނަށް ފުއާދު ފަތްކޮޅު އަރުވަނީ--ފޮޓޯ: ފޮރިން މިނިސްޓްރީ

ތައިލެންޑުގެ ރަސްގެފާނަށް، ފުއާދުގެ ސަފީރުކަމުގެ ފަތްކޮޅުއަރުވައިފި

ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައިވާ ސަފީރު ފުއާދު ތައުފީޤް، ސަފީރުކަމުގެ ފަތްކޮޅު ތައިލެންޑުގެ ރަސްގެފާނު މަހާ ވަޖިރަލޮންގްކޯން އަށް އަރުއްވައިފި އެވެ.

މިކަން ހާމަކޮށް ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ބެންކޮކްގައި ހުންނަ ޝާހީ ގަނޑުވަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ފުއާދު، ތައިލެންޑުގެ ރަސްގެފާނަށް ފަތްކޮޅު އަރުވައިފައިވާ ކަމަށެވެ.

އެ ރަސްމިއްޔާތުގައި، ފުއާދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ދިވެހި ރައްޔިތުންގެ ފަރާތުން، ތައިލެންޑުގެ ރަސްގެފާނަށާއި ސަރުކާރަށާއި ރައްޔިތުންނަށް ހެޔޮ އެދުންތައް އަރިސްކުރައްވައިފައެވެ. މީގެ އިތުރުން ފުއާދުވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ދުވަސްވީ ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހި ސަރުކާރުން ތައްޔާރަށް ތިބިކަމުގެ ޔަގީންކަންވެސް ދެއްވާފައެވެ. ދިވެހިރާއްޖެއިން ތައިލެންޑާއެކު ސިޔާސީ ގުޅުން ގާއިމްކުރީ 21 ޖޫން 1979 ގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުވާދު ތައުފީޤު، ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅާ ސަފީރުގެ ގޮތުގައި އައްޔަންކުރެއްވީ 16 ޑިސެމްބަރ 2024 ގައެވެ.

ސަފީރު ކަމަށް އައްޔަނުކުރެވުމުގެ ކުރިން ފުއާދު ތައުފީޤުވަނީ އިލެކްޝަންސް ކޮމިޝަންގައި ވަރަށް ގިނަ އަހަރު މަސައްކަތް ކުރައްވާފަވެ. އީސީގައި ފުއާދުގެ ދައުރު ހަމަވީ މިދިޔަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހަށެވެ. އީސީގެ އިތުރުން ފުއާދަކީ ފޮރިން މިނިސްޓްރީއާއި ސާކުގެވެސް އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު