ENGLISH
21 އޭޕްރީލު 2025
މިނިސްޓަރ ޑރ. ޚަލީލް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް
16 މާރިޗު 2025
|
ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ޚަލީލް މިރޭ އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.
މިނިސްޓަރު ޑރ. ޚަލީލް އިންޑިއާއަށް ވަޑައިގެންނެވީ މި މަހުގެ 17 އިން 19 އަށް ނިއުދިއްލީގައި ބާއްވާ "ރައިސީނާ ޑައިލޮގް"ގެ 10 ވަނަ އެޑިޝަންގައި ބައިވެރިވެވަޑައިގަތުމަށެވެ. މި ދަތުރުފުޅުގައި "ކްލައިމެޓް ކެޓަކްލިޒަމް: ދަ އެޑަޕްޓޭޝަން އެޖެންޑާ އިޒް ގެސްޕިންގ" ޕެނަލް ޑިސްކަޝަންގައި މިނިސްޓަރ ބައިވެރިވެވަޑައިގަންނަވާނެއެވެ.
އޮބްޒާވަރ ރިސަރޗް ފައުންޑޭޝަނުން އިންޑިޔާ ސަރުކާރުގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީއާ ގުޅިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ރައިސީނާ ޑައިލޮގަކީ ޖިއޮޕޮލިޓިކަލް އަދި ސްޓްރެޓެޖިކް ޑިސްކަޝަންތަކުގެ ބައިނަލްއަޤްވާމީ ފެންވަރުގައި ބާއްވާ އެންމެ ބޮޑު ފޯރަމެކެވެ.
މިނިސްޓަރގެ މި ދަތުރުފުޅުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ އޮނަރަބަލް ޑރ. އެސް ޖައިޝަންކަރުގެ އިތުރުން، އެހެން ގައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ވެސް މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިނިސްޓަރުގެ އަރިހުގައި ޑިރެކްޓަރ އަހުމަދު ސުޒިލް އާއި ފޮރިން މިނިސްޓްރީގެ ޑިރެކްޓަރު އައިޝަތު ޝަހުލާ ބައިވެރިވެވަޑައިގަންނަވައެވެ.