ENGLISH
21 އޭޕްރީލު 2025
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ބޭފުޅަކު އައްޔަނުކުރައްވައިފި
16 މާރިޗު 2025
|
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ބޭފުޅަކު އައްޔަނުކުރެއްވުން
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމަށް ޙިކުމާ އަޙްމަދު ނިޒާރު މިއަދު ޢައްޔަން ކުރައްވައިފި އެވެ.
ޙިކުމާ އަޙްމަދު މަޤާމަށް ޢައްޔަން ކުރެއްވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ޙިކުމާ ވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހުވައި ކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި، ޙިކުމާ އަޙްމަދަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަމުގެ ހުވާލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު ޙަސަން ޝަފީޢު އެވެ. އަދި، މަޤާމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ޙިކުމާާއާ ހަވާލުކުރައްވާފަ އެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް މިއަދު ޢައްޔަނު ކުރެއްވި ޙިކުމާ އަޙްމަދު މީގެކުރިން ވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ސިނިއާރ އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމު 2020 އިން 2024 އަށް އަދާކުރައްވާފައެވެ. އަދި އޭނާ ވަނީ އެވިޑް ކޮލެޖުން ބެޗެލަރ އޮފް ޝަރީޢާ އެންޑް ލޯ އަދި މާސްޓަރސް އިން ޕަބްލިކް އެޑްމިނިސްޓުރޭޝަން، ހާސިލުކުރައްވާފަ އެވެ.