ENGLISH
21 އޭޕްރީލު 2025
މާލޭ ގެއެއްގައި ސިނގިރޭޓް އުފެއްދި ކުންފުނީގެ ހުއްދަ ބާތިލްކޮށްފި
16 މާރިޗު 2025
|
ފުލުހުން ހ. ހުޅުގަލީގައި ހިންގި އޮޕަރޭޝަންގެ ތެރެއިން
ހ. ހުޅުގަލީގައި ހިންގާ ޕްރައިވެޓް އޮފީހެއްގެ ތެރޭގައި ސިނގިރޭޓް އުފެއްްދި ކުންފުނީގެ ވިޔަފާރި ރަޖިސްޓްރީ ބާތިލްކޮށްފިއެވެ.
އެގޭގައި ސިނގިރޭޓް އުފައްދާ، އޭގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުންވަނީ ކޯޓު އަމުރެއްގެ ދަށުން މިދިޔަ ޖެނުއަރީ މަހު އެތަން ބަލާ ފާސްކޮށްފައެވެ.
މި އޮޕަރޭޝަންގައި އެގެއިން 103 ކާޑުބޯޑު ފޮށިގަނޑު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. މީގެ ތެރޭގައި ދުންފަތް ހުރި ފޮށިތައްވެސް ހިމެނޭކަމަށް ފުލުހުންވަނީ މައުލޫމާތު ދީފައެވެ.
ސިނގިރޭޓު އުފެއްދުމުގެ މަސައްކަތް ކޮށްފައިވަނީ ރޭޑިއަސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުން ކުއްޔަށް ނަގާފައިވާ ތަނެއްގަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވިދާޅުވީ އެ މައްސަލައިގައި ރޭޑިއަސް ކުންފުނީގެ ވިޔަފާރި ހުއްދަ އިކޮނޮމިކް މިނިސްޓްރީން ބާތިލްކޮށްފައިވާ ކަމަށެވެ. އަދި އަތުލައިގަތް ސިނގިރޭޓުތައް ނައްތާލުމުގެ ހުއްދަ ހެލްތު މިނިސްޓްރީން ދީފައިވާ ކަމަށް ވިދާޅުވިއެވެ.
ސިނގެރޭޓް އަދި ވޭޕުން ވެސް ސިއްހަތަށް އެތަކެއް ގެއްލުންތަކެއްދޭ
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނުގެ ދަށުން، ދިވެހިރާއްޖޭގައި ދުންފަތުގެ އެއްވެސް ބާވަތެއް އުފެއްދުމަކީ މަނާ ކަމެކެވެ. މީގެ އިތުރުން، ދުންފަތުގެ އުފެއްދުންތައް އިޝްތިހާރުކުރުމަކީވެސް މަނާކަމެކެވެ. އަދި ސިނގިރޭޓް ވިއްކުމަށް ވަކި ހާއްސަ ހުއްދައެއް ނަގަން ޖެހޭއިރު، ހާއްސަ ލޭބަލެއްވެސް ޖަހަންޖެހެއެވެ.
މީގެ އިތުރުން، މިދިޔަ އަހަރު ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް ގެނެވުނު އިޞްލާޙުގައި، ދިވެހިރާއްޖޭގައި ދުންފަތުގެ އެއްވެސް ބާވަތެއްގެ ގަހެއް ހެއްދުމާއި، އެއްވެސް މިންވަރަކަށް ދުންފަތް އުފެއްދުމާއި އަދި އެތެރެކުރުން ވަނީ މުޅިން މަނާކުރެވިފައެވެ.