ENGLISH

21 އޭޕްރީލު 2025

Advertisement

މާޅޮހުގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރަން ހަވާލުކޮށްފި

16 މާރިޗު 2025

|

އަޙުމަދު ޙަމީދު

މާޅޮހުގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރަން ހަވާލުކުރުން

ބ. މާޅޮހުގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައި ވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ އެވެ.

އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އެވެ. އާރުޑީސީގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރު އެވެ.

މިނިސްޓްރީން ބުނީ މިސްކިތްތަކުގައި ސޯލާއާ އޭސީ ހަރުކޮށް ވިނައިލް ފްލޯރިންގ އަޅާނެ ކަމަށެވެ. އަދި ޤުރުއާން ކިޔަވައިދޭ ކުލާހެއް މިސްކިތުގައި ހެދޭނެ ކަމަށެވެ.

މިސްކިތްތައް ބިނާކުރުމާއި އިސްލާމީ މަރުކަޒާއި ޤުރުއާނާބެހޭ މަރުކަޒު ބިނާކުރުމުގެ 15 މަޝްރޫއުއެއް ފަށަން އިއްޔެ ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. 

މި މަޝްރޫޢުތަކުގެ ތެރެއިން 11 މަޝްރޫޢު ހަވާލުކޮށްފައިވަނީ ފެނެކަ ކޯޕަރޭޝަނަށެވެ. އަނެއް ތިން މަޝްރޫއު ހަވާލުކޮށްފައި ވަނީ އެމްޓީސީސީ އަށެވެ.

މި މަޝްރޫއުތަކުގެ ތެރެއިން އިމާރާތް ކުރާ ހުރިހާ މިސްކިތްތަކަކީ ސަރުކާރުގެ ޚަރަދުގައި އަޅާ މިސްކިތްތަކެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން އިމާރާތް ކުރާ ޤުރުއާނާ ބެހޭ މަރުކަޒުތަކުގައި ތިން ކުލާސް ރޫމާއި ލައިބްރަރީ އަދި ހޯލު ހިމެނޭނެ އެވެ. އަދި އިސްލާމީ މަރުކަޒުގައި ނަމާދު ކުރާ ބައިގެ އިތުރުން ޖަލްސާކުރާ ހޯލާއި ލައިބްރަރީ އާއި ކުލާސް ރޫމް ހިމެނޭނެ އެވެ.

އިއްޔެ ސޮއިކުރި އެއްބަސްވުންތަކުގެ ތެރެއިން ތ. ހިރިލަންދޫ އާއި ސ. ފޭދޫ އާއި ނ. ހެނބަދޫ އާއި ތ. ވޭމަންޑޫ އާއި ރ. އިނގުރައިދޫ އާއި ހދ. ނެއްލައިދޫ އާއި ބ. ކުޑަރިކިއްޔާއި ހއ. ބާރަށާއި ބ. މާޅޮހާއި އއ. ފެރިދޫގައި އިމާރާތް ކުރަނީ 500 މީހުންގެ ޖާގައިގެ ތަނަވަސް މިސްކިތްތަކެކެވެ. ށ. ނޫމަރާގައި 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފި އިމާރާތް ކުރަނީ ލ. މާބައިދޫ އާއި ޅ. އޮޅުވެލިފުށީގަ އެެވެ. އިސްލާމީ މަރުކަޒު ބިނާކުރަނީ ށ. ފޯކައިދޫގަ އެވެ.

ކިޔުންތެރިންގެ ހިޔާލު