ENGLISH
21 އޭޕްރީލު 2025
ރާއްޖެއަށް އެތެރެކުރަން އުޅުނު 8 ލައްކަ ރުފިޔާގެ ޑްރަގް ކަސްޓަމުން އަތުލައިގަނެފި
16 މާރިޗު 2025
|
މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އިމާރާތް.. ފޮޓޯ: ސޯޝަލް މީޑިއާ
ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 8 ލައްކަ ރުފިޔާގެ ޑްރަގް ކަސްޓަމުން އަތުލައިގަނެފިއެވެ.
ކަސްޓަމްސްއިން މިއަދު ބުނީ ރޭ ދަންވަރު ތައިލެންޑުން ވައިގެ މަގުން ރާއްޖެ އައި އާންމު މުދަލުގެ ޝިޕްމެންޓެއްގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކުކުރެވުމާ ގުޅިގެން އެތަކެތި ބަލައި ފާސްކުރުމުގެ ތެރޭގައި އެއް ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ.
މި ތަކެތީގެ ބަރުދަނުގައި ޖުމްލަ 1097 ކިލޯ ގްރާމު ހުރިއިރު މި ތަކެތީގެ މަގުމަތީ އަގަކީ 877،600 ރުފިޔާއެެވެ.
ފޮޓޯ: މޯލްޑިވްސް ކަސްޓަމްސް
މިހާރު މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންދާ ކަމަށާއި އަދި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.
މީގެ ތިން ދުވަސްކުރިން ވެސް ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 6.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގަނެފައިވެއެވެ.