ENGLISH
21 އޭޕްރީލު 2025
ހޫނު ގަދަ ދުވަސްތައް ފެށިއްޖެ، އެންމެ ހޫނުވާނީ މެންދުރު އެކަކުން ދޭކަށް
16 މާރިޗު 2025
|
މާލެ މަތީން ނަގާފައިވާ ފޮޓޯއެއް -- ފޮޓޯ: ތްރީބްލައިންޑްމޭން
ރާއްޖެއަށް އެންމެ ހޫނު ގަދަ ދުވަސްތައް ފެށިފައިވާތީ ހޫނުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކޮށްފި އެެވެ.
މެޓް އޮފީހުން ބުނީ އަހަރުގެތެރޭގައި ފިނިހޫނު މިނުގައި މާބޮޑު ތަފާތުތަކެއް ފާހަގަނުކުރެވުނު ނަމަވެސް މުޅި ރާއްޖެއަށް އެންމެ ހޫނުވާ މޫސުމަކީ އޭޕްރީލް މަސް ކަމަށެވެ. މާޗް މަހުގެ މެދުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ރާއްޖެ ސަރަހައްދުގައި ވައި މަޑުވުމާއި ސީދާ ރާއްޖެއާ ދިމާ މަތީ އިރު ހުރުމާއި ވިލާ މަދުވުމުގެ ސަބަބުން ތެތް ހޫނުވައި ގިނަ ވަގުތު ދައުރުނުވެ ގިނަ ވަގުތު އެއް ސަރަހައްދެއްގައި މަޑުޖެހޭ ކަމަށެވެ.
މީގެ ސަބަބުން ހީޓް އިންޑެކްސް މަތިވާކަން މެޓުން ފާހަގަ ކުރެ އެވެ.
މެޓުން ބުނީ ވިދިވިގެން ގިނަ ދުވަހު ހީޓް އިންޑެކްސް މަތިވާނަމަ "ހީޓް ސްޓްރެސް" އޭ ކިޔާ ހާލަތް މެދުވެރިވާ ކަމަށެވެ. އެއީ ގަދަ ހޫނަށް ހަށިގަނޑުގެ ބަރުދާސްތީ ގާބިލްކަން ކުޑަވުމުގެ ހާލަތެވެ.
މި ދުވަސްތަކުގައި ހޫނު އެންމެ ގަދަވާނީ ކޮންމެ ދުވަހެއްގެ މެންދުރު އެކަކުން ދެއަކަށް ކަމަށް ވެސް މެޓް އޮފީހުން ބުނެ އެވެ. ނަމަވެސް އެ ދުވަހެއްގެ ވިލާ ހުންނަ ގޮތުން ގަޑިތަކަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އައުމުގެ ފުރުސަތު އޮންނަ ވަނީ ބުނެފަ އެވެ.