ENGLISH
21 އޭޕްރީލު 2025
މޯލްޑިވިއަންގެ ދަތުރުތައް ސީދާ ހަނިމާދޫ އިން ބެންގަލޫރަށް
16 މާރިޗު 2025
|
މޯލްޑިވިއަންގެ ދެ ބޯޓެއް..ފޮޓޯ: އާރްޓީއޭ
އަންނަ މެއި މަހު 15 ވަނަ ދުވަހުން ފެށިގެން ޤައުމީ އެއަރލައިން މޯލްޑިވިއަނުން ހަނިމާދޫއާއި ބެންގަލޫރާ ދެމެދު ދަތުރުތައް ފަށަން ނިންމައިފިއެވެ.
މި ދަތުރުތަކުގެ ސަބަބުން ރާއްޖޭގެ އުތުރު އަތޮޅުތަކުން އިންޑިއާއަށް ދަތުރުކުރަން ބޭނުންވާ ބޭފުޅުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެކަމަށާއި އަދި އިންޑިއާއިން ވެސް ރާއްޖެއަށް ފަތުރުވެރިން އައުމަށް މި ދަތުރުތަކުގެ ސަބަބުން އެހީތެރިވެދޭނެކަމަށް އެ މޯލްޑިވިއަނުން ބުނެއެވެ.
މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން މި ދަތުރުތަކަށް ޓިކެޓް ބުކް ކުރެވޭނެއެވެ. މޯލްޑިވިއަނުން ހަނިމާދުއާއި ބެންގަލޫރާ ދެމެދު ހަފްތާއަކު ދެ ދަތުރު ކުރަން ނިންމައިފައިވާއިރު މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެ އާދިއްތަ އަދި ބުރާސްފަތި ދުވަހުއެވެ.
ފޮޓޯ: މޯލްޑިވިއަން
މިހާރުވެސް ހަނިމާދޫއިން ޓްރިވެންޑްރަމަށް މޯލްޑިވިއަނުން ދަތުރުކުރެއެވެ.
މޯލްޑިވިއަންގެ ދަތުރުތައް ފުޅާކޮށް، ވީހާ ވެސް ގިނަ ބައިނަލްއަޤްވާމީ މަންޒިލްތަކަށް ދަތުރުކުރުމަކީ މި ސަރުކާރުގެ ބޮޑު އަމާޒެކެވެ. ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާއެކު މިދިޔަ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ވަނީ ވައިޑް-ބޮޑީ އެއާރކްރާފްޓް ރާއްޖެ ގެނެސްފައެވެ. އަދި މި އަހަރުގެ އޮކްޓޯބަރ މަހު ދެވަނަ ވައިޑް-ބޮޑީ އެއާކްރާފްޓެއް ގެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ވައިޑްބޮޑީ-އެއާކްރާފްޓް މިހާރު ދަތުރުކުރަނީ ޗައިނާގެ ތިން މަންޒިލަކަށެވެ. އެއީ ބެއިޖިން، ޗެންދޫ އަދި ޝެންހާއި އަށެވެ.