ENGLISH
21 އޭޕްރީލު 2025
މާލެ ސިޓީ ކައުންސިލްގެ ޑެފިއުޓީ މެޔަރުގެ މަގާމަށް އަރީޝް އައްޔަނުކޮށްފި
16 މާރިޗު 2025
|
މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރަކަށް މާފަންނު ހުޅަނގު އިތުރު ދާއިރާގެ މެމްބަރު މުހައްމަދު އަރީޝް އައްޔަންކޮށްފިއެވެ.
އަރީޝް މި މަގާމަށް އައްޔަން ކުރީ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 188 ވަނަ ރަސްމީ އާއްމު ޖަލްސާގައި ނެގި ވޯޓުންނެވެ.
ޑެޕިއުޓީ މޭޔަރު ހޮވުމަށް މާލެ ސިޓީ ކައުންސިލުން ބޭއްވި އިންތިޚާބުގައި މެމްބަރު މުޙައްމަދު ޢަރީޝް، ޑެޕިއުޓީ މޭޔަރު ކަމަށް އިންތިޚާބު ކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 16 މެމްބަރުންގެ ވޯޓާއެކުއެވެ.
ޑެޕިއުޓީ މޭޔަރު ކަމުގެ މަޤާމަށް މެމްބަރު ޢަރީޝްގެ އިތުރުން އެހެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައެއް ނުއެވެ.
އެހެން ކަމުން ޑެޕިއުޓީ މޭޔަރު އައްޔަން ކޮށްފައިވަނީ ފެންނަ ނުފެންނަ ވޯޓަކުންނެވެ.
މާލެސިޓީ ކައުންސިލްގެ މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރަކަށް އަރީޝް އައްޔަންކުރެއްވީ މާލެ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް، ޑެޕިއުޓީ މޭޔަރުކަމުންނާއި ކައުންސިލް މެމްބަރުކަމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަދި މާފަންނު މެދު ދާއިރާގެ މެންބަރު އަހުމަދު ނަރީޝް، އެ މަޤާމުން އިސްތިއުފާ ދެއްވީ މިމަހުގެ 12 ވަނަ ދުވަހުއެވެ. އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ޤައުމާއި ރައްޔިތުންނަށް އެހެން ހައިސިއްޔަތަކުން ޚިދުމަތް ކުރުމުގެ ފުރުޞަތު ލިބުމާ ގުޅިގެން ކަމަށެވެ.