ENGLISH

21 އޭޕްރީލު 2025

Advertisement

އެމްޑީޕީން އަދާކުރަނީ ސިޔާސީ ޕާޓީއެއްގެ ދައުރެއް ނޫން: މެމްބަރު މުޞްތަފާ

16 މާރިޗު 2025

|

ޝަރާ އަބްދުﷲ

މެމްބަރު މުޞްތަފާ އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ.. ފޮޓޯ: އެމްއެމްޓީވީ

ރާއްޖޭގެ އެންމެ ދުވަސްވީ އެއް ޕާޓީކަމަށްވާ އެމްޑީޕީއިން  އަދާކުރަމުންދަނީ ސިޔާސީ ޕާޓީއެއްގެ ރޯލެއް ނޫންކަމަށް ރައްޔިތުން މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުޙައްމަދު މުޞްތަފާ ވިދާޅުވެއްޖެއެވެ.

އެމްއެމްޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މެމްބަރު މުޞްތަފާ ވިދާޅުވީ އެމްޑީޕީން އިޖްތިމާޢީ ފޭރާން ހަލާކު ކުރުމުގެ މަސައްކަތްތައް ފެށީ ރައީސް އަލްއުސްތާޛު  މައުމޫން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައިކަމަށެވެ. އަދި އެމްޑީޕީއަކީ އެޕާޓީ އުފެދުނީއްސުރެ ތަފާތު ގިނަ  ނޭއްގާނީ ޢަމަލުތަކެއް ހިންގަމުން އަންނަ ބައެއްގެ ގޮތުގައި މެމްބަރު މުޞްތަފާ ސިފަކުރެއްވިއެވެ.

"އޭރުގައި ވެސް އެމްޑީޕީ އުފެދިގެން ދިޔައީ ހަޤީޤަތުގައި ވަރަށް ނޭއްގާނީ ޢަމަލުތަކެއް ހިންގާ ބައެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފާހަގަކުރެވިގެން ދިޔައީ އަދި ދިވެހި ރައްޔިތުންނަށް ފެނިގެން ދިޔައީވެސް ހަމަ އެގޮތަށް، ދިވެހިރާއްޖޭގައި ދުވަހަކުވެސް ހަޤީޤަތުގައި ފަހުގެ ތާރީޙެއްގައި ނުދެކޭ މަންޒަރުތަކެއް އަޅުގަނޑުމެން އޭރުވެސް ދުށީމު. ތަންތާ ހުޅުޖެހުމާ، އަލިފާން ބޯޅަ އުކުމާ، މަގުތަކަށް ނިކުމެގެން ގޮވި އެއްޗިއްސާ. އަޅުގަނޑުމެންނަށް އާއިލާއެއްގެ ތެރޭގައި އަޑު އަހާލަން ދަތި ވާހަކަ ދެއްކުމާ އަދި އޭރުގެ ވެރިކަމުގައި ތިއްބެވި ބޭފުޅުންގެ އަބުރުކަތިލުން ފަދަ ކަންކަން " - މެމްބަރު މުޞްތަފާ

އެމްޑީޕީން ހިންގާފައިވާ މިފަދަ ކަންތައްތަކުގެ ތެރެއިން ޤައުމުގެ އިޖްތިމާޢީ ފޭރާން ވަރަށް ބޮޑަށް ދަށްކޮށް ވީދައި ހަލާކުކޮށްލިކަމަށް ވެސް މުޞްތަފާ ފާހަގަކުރެއްވިއެވެ. އެމްޑީޕީ ފުރަތަމަ އުފެދިގެން އައިއިރު އެމީހުންގެ މަސައްކަތްތައް ފުރަތަމަ ކުރަމުންދިޔައީ ކޮލަމްބޯގައި ކަން ފާހަގަކުރައްވަމުން މެމްބަރު ވިދާޅުވީ އެމީހުން އޭރުވެސް ބޮޑެތި ނުރައްކާތެރި ކަންކަން ރާވަމުންދިޔަ ކަމަށެވެ.

"މިސާލަކަށް އެމްޑީޕީ އުފެދިގެން އާއިރު އެބޭފުޅުން އެ މަސައްކަތްތައް ކޮލަމްބޯގައި ކުރަމުންދިޔަ އިރު، އެތާގަ މަޝްވަރާއެއްގައި އިންނެވި ބޭފުޅަކު އަޅުގަނޑަށް ކިޔާ ދެއްވި އެއް ވާހަކައަކީ އޭރުގެ ޤާނޫނު އަސާސީ ހެދުމުގެ މަސައްކަތް ކުރިއަށްދިޔައިރު، އެމްޑީޕީއިން ކޮލަމްބޯގައި މަޝްވަރާކުރި އެއްކަމެއް އެއީ ޤާނޫނު އަސާސީގައި އޮވެގެން ނުވާނެއޭ ކޮންމެހެން އިސްލާމްދީނު އޮންނަން ޖެހޭ ވާހަކައެއް. ބޭނުން ދީނަކަށް އުޅުމުގެ ފުރުޞަތު އޮންނަން ޖެހޭނެއޭ." - މެމްބަރު މުޞްތަފާ

އަދި މި މަޝްވަރާގައި ތިއްބެވި ބައެއް ބޭފުޅުން މި ވާހަކަ އަޑުއަހަން ޤަބޫލުނުވެގެން، އެބޭފުޅުންގެ ހިތަށް އެކަން ތަސައްވަރުކުރަން ދަތިވެގެން އެ ބައްދަލުވުން ދޫކޮށް ވަޑައިގެންނެވި ކަމަށް ވެސް މުޞްތަފާ ވިދާޅުވިއެވެ. އަދި އެމްޑީޕީގެ އެފަދަ އެހެން ބައްދަލުވުމެއްގައި ހައެއްކަ މީހުން މަރާލަންޖެހޭނެކަމަށް މަޝްވަރާކުރިކަމަށް ވެސް މެމްބަރު ވިދާޅުވިއެވެ. 

އެމްޑީޕީ އުފެދިގެން އައި ރޫޙަކީ މިއީ ކަން ފާހަގަކުރައްވާ މުޞްތަފާ ވިދާޅުވީ އެމްޑީޕީ ފިޔަވައި އެހެން ބަޔަކު ވެރިކަން ކުރާ ކޮންމެ ފަހަރަކުވެސް އެމީހުން މިކުރާ ކަމަކީ އެއިރެއްގެ ވެރިކަމުގައި ތިއްބަވާ ބޭފުޅުންގެ ޒާތީ ކަންކަމުގެ ތެރެއަށް ވަދެގަނެ، އެބޭފުޅުންގެ މުޅި އާއިލާ ހިމަނުއްވައިގެން އެ ބޭފުޅުންގެ އިސްތަށިފުޅުގައި އެކި ޒާތްޒާތުގެ އިލްޒާމުތަައް އެޅުވުން ކަމަށް މެންބަރު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު