ENGLISH
21 އޭޕްރީލު 2025
ބ. ތުޅާދޫގައި ޤާއިމްކުރާ 70 އެނދުގެ ސިއްޙީ މަރުކަޒު ނިމުމަކާ ގާތަށް
15 މާރިޗު 2025
|
ބ. ތުޅާދޫގައި ޤާއިމުކުރާ 70 އެނދުގެ ސިއްޙީ މަރުކަޒު.. ފޮޓޯ: އެމްޓީސީސީ
ބ. ތުޅާދޫގައި ޤާއިމުކުރާ 70 އެނދުގެ ސިއްޙީ މަރުކަޒުގެ އިމާރާތްކުރުމުގެ މަސައްކަތް ނިމުމަކާ ގާތަށް ގޮސްފިކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓާރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
މި މަޝްރޫޢު ތުޅާދޫގައި ޢަމަލީ ގޮތުން ފަށައިފައިވަނީ 2023 ވަނަ އަހަރުގެ ޖުލައި މަހުގައެވެ. މިއީ ޖުމްލަ ދެ ފަންގިފިލާގެ އިމާރާތެކެވެ. މި ޕްރޮޖެކްޓްގެ މައިގަނޑު އަމާޒަކީ ބ. އަތޮޅުގެ އިތުރުވަމުންދާ އާބާދީއާއެކު، މިހާރު އޭދަފުށީގައި ހިންގާ އެ އަތޮޅު ހޮސްޕިޓަލަށް ބާރު ކުޑަކުރުމެވެ.
މިހާރު މުޅި ހޮސްޕިޓަލް އިމާރާތުގެ ފައުންޑޭޝަނާއި ފުރަތަމަ ފަންގިފިލާގެ ތަނބުތަކާއި ޝީޓް އެޅުމުގެ މަސައްކަތް ވަނީ އެއްކޮށް ނިމިފައެވެ. މި އިމާރާތުގެ މަސައްކަތްތަކުގެ ތެރެއިން އެންމެ ފަހުން ނިމިފައިވަނީ ޓެރަހުގެ ޝީޓް އެޅުމުގެ މަސައްކަތެވެ. އަދި މިހާރު ކުރިއަށްދަނީ ގްރައުންޑް ފްލޯގެ މޭސަންރީ މަސައްކަތާއި ރޫފް ލެވެލް ކޮލަމް ކާސްޓިންގެ މަސައްކަތް ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.
އަމާޒަކީ މި ހޮސްޕިޓަލުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުން ކަމަށްވެސް އެކުންފުނިން ބުނެއެވެ.
ތުޅާދޫއަކީ ބ. އަތޮޅުގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ރަށެވެ.