ENGLISH

13 ޖުލައި 2025

Advertisement

ރައީސްގެ ދަރިކަލުންގެ ކަރާމާތަށް އަރައިގަނެ ދޮގު ފެތުރުން ރައީސް ވަހީދު ކުށްވެރި ކުރައްވައިފި

15 މާރިޗު 2025

|

އަޙުމަދު ޙަމީދު

ކުރީގެ ރައީސް ވަހީދު

ސިޔާސީ ކޯޅުންތަކާއި ވާދަވެރިކަމުގެ ތެރެއަށް ކުޑަކުދީން ގެނެސް އެ ކުދީންގެ ކަރާމާތް ނަގާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާ މިއީ އެކަން ހުއްޓުވަންވީ ވަގުތު ކަމަށް ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ރައީސް ވަހީދު ވިދާޅުވީ ސިޔާސީ ކަންކަމުގެ ތެރެއިން ސިޔާސީ ބޭފުޅުންގެ އާއިލާތަކަށް ހަމަލާދިނުމަކީ ސިޔާސީ ސަގާފަތުގެ ބަޔަކަށް ވެފައިވާތާ މިހާރު ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އަދި ވިދާޅުވީ އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަނަށާ އެކަން ވަގުތުން ހުއްޓުވަން ޖެހޭ ކަމަށެވެ.

ޚާއްސަކޮށް ސިޔާސީ ކަންކަމުގެ ތެރެއަށް ކުޑަކުދީންގެ ނަން ގެނެސް އެ ކުދީންގެ ކަރާމާތަށް އަރައިގަނެ ބިރުވެރި ކަމެއްގެ ތެރެއަށް ވައްޓާލުން އެއްގޮތަކަށް ވެސް ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވި އެވެ.

އަދި ވިދާޅުވީ ރައީސް މުއިއްޒުގެ ދެކަނބަލުންގެ ދޮށީ ދަރިކަލުންގެ ކަރާމާތް ނަގާލުމަށް ފަތުރަމުންދާ ދޮގު ވާހަކަތައް ކުށްވެރި ކުރައްވާ ކަމަށެވެ.

އިދިކޮޅު އެމްޑީޕީން ސިލްސިލާ ގޮތެއްގައި މާލޭގެ މަގުތަކުގައި ކުރަމުންދާ މުޒާހަރާތަކުގައި ރައީސުލްޖުމްހޫރިއްޔާގެ އާއިލާއަށް، ހާއްސަކޮށް އެމަނިކުފާނުގެ ތުއްޕުޅު ބޭފުޅުންނަށް އަމާޒުކޮށް ދައްކަމުންދާ ވާހަކަތަކާ ގުޅިގެން މަދަނީ ގޮތުން ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށް އެމަނިކުފާނުގެ އާއިލާގެ ފަރާތުން ވަނީ ހާމަކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު