ENGLISH

13 ޖުލައި 2025

Advertisement

ޕެންޝަން އޮފީހުގެ ބޯޑު މެމްބަރުކަމަށް ސަރުވަޝް އަދި މަޖީދު

15 މާރިޗު 2025

|

އާމިނަތު މައިހާ

ފޮޓޯ: ޕެންޝަން އޮފީސް

ޕެންޝަން އޮފީހުގެ ބޯޑު މެމްބަރުކަމަށް އަހްމަދު ސަރުވަޝް އާދަމް އާއި އަބްދުލްމަޖީދު އަލީ އައްޔަންކޮށްފިއެވެ. މި ދެބޭފުޅުންވެސް އައްޔަންކޮށްފައިވަނި އަމިއްލަ ވިޔަފާރިތައް ތަމްސީލުކުރާ ދެ މެމްބަރުންގެ ގޮތުގައެވެ. 

ޕެންޝަން އޮފީހުން މިކަން އިއުލާނުކުރެއްވީ އެކްސްއަށް ކުރި ޕޯސްޓެއްގައެވެ.

އަބްދުލް މަޖީދު މީގެކުރިންވެސް ވަނީ އެ އޮފީހުގެ ބޯޑު މެމްބަރުކަން ކުރައްވާފައެވެ. މީގެއިތުރުން ބެންކް އޮފް މޯލްޑިވްސް އާއި ބޭންކް އޮފް ސިލޯނުގައި މަސައްކަތް ކުރައްވާފައިވެއެވެ. މަޖީދު މަތީ ތަޢުލީމު ހާސިލްކޮށްފައިވަނީ ވޭލްސްގެ ކާޑިފް ޔުނިވަސިޓީ އިންނެވެ. އެ ޔުނިވަރސިޓީން އިކޮނޮމިކްސް އާއި ބޭންކިންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވެއެވެ.

މި މަގާމަށް ދެން އައްޔަންކުރެވުނު ސަރުވަޝް ވަނީ ފިނޭންސް މިނިސްޓްރީގެ ކުރީގެ ޗީފް ފައިނޭންޝިއަލް ބަޖެޓް އެގްޒެކެޓިވްގެ މަގާމު އަދާކުރައްވާފައެވެ. މި މަގާމުން އޭނާ އިސްތުއުފާދެއްވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގައެވެ.  މީގެ އިތުރުން މީރާގެ ޗެއާޕާސަންގެ މަގާމުވެސް އޭނާ ފުރުއްވާފައިވެއެވެ.

މަޖީދާއި ސަރުވަޝްގެ އިތުރުން ޕެންޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓާ ދެން ތަމްސީލުކުރައްވަނީ އުޒާ މުޒްނާ އަހުމަދު އެވެ.

ކިޔުންތެރިންގެ ހިޔާލު