ENGLISH

21 އޭޕްރީލު 2025

Advertisement

ޒާތީވުމަކީ މުޖުތަމަޢުގެ އެއްބައިވަންތަކަން ނަގާލާ، އިޖުތިމާޢީ ފޭރާން ފަސާދަކުރާނެ ކަމެއް: ނައިބު ރައީސް

15 މާރިޗު 2025

|

އިސްމާއީލް ރާތިއު

ނައިބުރައީސް އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް، އެމަނިކުފާނުގެ މަޤާމުގެ ފަތްކޮޅުގައި ސޮއިކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް

ޒާތީވުމަކީ މުޖުތަމަޢުގެ އެއްބައިވަންތަކަން ނަގާލާ، އިޖުތިމާޢީ ފޭރާން ފަސާދަކުރާނެ ކަމެއް ކަމަށް ނައިބު ރައީސް، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވެފައިވަނީ ސިޔާސީ ޕާޓީތަކުގެ ޙަރަކާތްތައް ވެސް ވާންޖެހޭނީ ޕްރޮފެޝަނަލް، އަދި ރައްޔިތުންނަށް ނަމޫނާ ޙަރަކާތްތަކަކަށް ކަމަށާއި، އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރަންވާނީ މުޖުތަމަޢުގެ ޤަދަރާއި ކަރާމާތް ރައްކާތެރިކުރުމަށް ކަމަށެވެ. އަދި މިކަންކަމަކީ ދުޅަހެޔޮ، ކުރިއަރާފައިވާ ޤައުމެއް ބިނާކުރުމުގެ އަސާސް ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވާއިރު، މިދުވަސްވަރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ދަރިކަލަކާއި ގުޅޭ ގޮތުން އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ފަތުރަމުންދާ ދުވަސްވަރެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މި ބަރަކާތްތެރި ރަމަޟާން މަސް ފެށުނީންސުރެ، ކޮންމެ ރެއަކު މާލޭގެ މަގުމަތީގެ ހުރުމަތް ކަނޑާ، އަޑުގަދަކޮށް، އެތައް ބަޔަކަށް އުނދަގޫ ވާގޮތަށް އެމްޑީޕީން ބާއްވާ އެއްވުންތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ކައިރިއަށް އެއްވެ، ދެއްކި ވާހަކަތަކުގެ ތެރޭގައި އެ ޕާޓީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދީ) ވަނީ ރައީސްގެ ދަރިކަލުންނާ ގުޅުވައިގެން އެއްވެސް ކަހަލަ ސާބިތުކަމެއް ނެތް ދޮގު ވާހަކަތަކެއް ދައްކާފައެވެ. އަދި އެމްޑީޕީން ވަނީ މި ވާހަކަތައް ދިފާއުކޮށް ބަޔާނެއް ނެރެފައެވެ.

މިކަންކަމާ ގުޅުވައިގެން މިއަދު، މ. ދިމްޔާތުގައި ރައީސްގެ އާއިލާގެ ފަރާތުން ވާހަކަދައްކަވަމުން ޤާނޫނީ ވަކީލް، އަލްއުސްތާޛާ އާޒިމާ ޝުކޫރު ވިދާޅުވީ ރައީސްގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުގެ ފަރާތުން މިކަމާގުޅިގެން މަންދީގެ އިތުރުން އެމްޑީޕީގެ މައްޗަށާއި އެޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލްގެ މައްޗަށް މަދަނީ ދަޢުވާކުރަން ނިންމަވާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު