ENGLISH

21 އޭޕްރީލު 2025

Advertisement

ރައީސްގެ ބޭފުޅުންނާ ގުޅުވައި ދެއްކި ވާހަކަތަކާ ގުޅިގެން މަދަނީ ފިޔަވަޅު އަޅަނީ

15 މާރިޗު 2025

|

އުމްނާ އިސްމާޢީލް

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ފޮޓޯ: ރައީސް އޮފީސް

އިދިކޮޅު އެމްޑީޕީން ސިލްސިލާ ގޮތެއްގައި މާލޭގެ މަގުތަކުގައި ކުރަމުންދާ މުޒާހަރާތަކުގައި ރައީސުލްޖުމްހޫރިއްޔާގެ އާއިލާއަށް، ހާއްސަކޮށް އެމަނިކުފާނުގެ ތުއްޕުޅު ބޭފުޅުންނަށް އަމާޒުކޮށް ދައްކަމުންދާ ވާހަކަތަކާ ގުޅިގެން މަދަނީ ގޮތުން ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށް އެމަނިކުފާނުގެ އާއިލާގެ ފަރާތުން ހާމަކުރައްވައިފި އެވެ.

މި މައްސަލައާ ގުޅިގެން މިއަދު ދިމްޔާތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސްގެ އާއިލާ ތަމްސީލުކުރައްވާ ގާނޫނީ ވަކީލް އާޒިމާ ޝުކޫރު ވަނީ، ރައީސްގެ ދަރިކަލުންނާ ގުޅުވައިގެން އެމްޑީޕީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރު ދެއްކި ވާހަކަތަކުގެ އިތުރުން ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނާނެ ގޮތަށް މަރިޔަމް ޒުބައިރު ދެއްކި ވާހަކަ ދިފާއުކޮށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ކުރި ޕޯސްޓަކާއި ގުޅިގެން ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވާކަން ހާމަކުރައްވާފަ އެވެ.

ކުޑަކުދިންނަކީ ގާނޫނު އަސާސީ އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރައީސްގެ ބޭފުޅުންނަށް ލިބިދެވޭ ހައްގުތަކަށް އަރައިގަތުމުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ވިދާޅުވެ އާޒިމާ ވަނީ މި ހަފްތާގައި ކޯޓަށް މައްސަލަ ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ. 

އާޒިމާ ވިދާޅުވީ ރައީސްގެ ބޭފުޅުންގެ ފުރާނަ ނުރައްކަލަށް ހުށަހަޅޭ ވަރުގެ ކަންކަން ހިންގާފައިވާ ކަމަށާއި މިއީ ޖިނާއީ މައްސަލައެއް ނަމަވެސް ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ނިންމަވާފައިވަނީ މަދަނީ ގޮތުން މި މައްސަލައިގައި ކުރިއަށް ގެންދިއުމަށާއި ދައުވާ އުފުލުމަށް މިހާތަނަށް ނިންމާފައިވަނީ އެމްޑީޕީ، ފައްޔާޒް އިސްމާއީލް އަދި މަރިޔަމް ޒުބައިރުގެ މައްޗަށް ކަމަށެވެ.

" މި ނިންމެވުމަކީ މަންމައެއްގެ ހައިސިއްޔަތުން ކުދިންގެ ރައްކާތެރިކަމަށްޓަކައި އަޅުއްވަން ޖެހިވަޑައިގެން އެޅުއްވި ފިޔަވަޅެއް. މިހާހިސާބަށް ދިޔައިރު ދެކެވިފަ ހުރި ވާހަކަތަކުން އެ ކުދިންގެ މުސްތަގުބަލަށް، އަދި ކިޔެވުމަށް، ރައްކާތެރިކަމަށް އެންމެ މުހިއްމު އެންޑޭންޖާމެންޓްގެ ކަންތައްތަކެއް ހިނގައިގެން ގޮއްސި. "  އާޒިމާ ވިދާޅުވި އެވެ.

މި މައްސަލައިގައި ގާނޫނީ ފިޔަވަޅު އެޅުމަށް ރައީސްގެ އާއިލާަގެ ފަރާތުން ނިންމަވާފއިވާޢިރު ގިނަ ބަޔަކު އަންނަނީ އެމްޑީޕީގެ މި ނާތަހުޒީބު އަމަލު ކުށްވެރިކޮށް އެކަމާ ދެކޮޅަށް އަޑުއުފުލައި، ކުޑަކުދިންގެ ކަރާމާތަށް އުނިކަން ލިބޭނެ އަމަލުތައް ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ހިންގުން ހުއްޓުވުމަށް ގޮވައިލަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު