ENGLISH
21 އޭޕްރީލު 2025
ރައީސްގެ އާއިލާގެ ފަރާތުން ނޫސްވެރިންގެ ބައްދަލުވުމެއް، އެމްއެމްޓީވީއިން ލައިވްކުރާނެ
15 މާރިޗު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު، ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ޢާއިލާގެ ފަރާތުން މިއަދު މެންދުރު 1:00 ގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުން އެމްއެމްޓީވީން ލައިވްކުރާނެއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމަކީ އިދިކޮޅު އެމްޑީޕީން ސިލްސިލާ ގޮތެއްގައި މާލޭގެ މަގުތަކުގައި ކުރަމުންދާ މުޒާހަރާތަކުގައި ރައީސްގެ އާއިލާއަށް، ހާއްސަކޮށް އެމަނިކުފާނުގެ ތުއްޕުޅު ބޭފުޅުންނަށް އަމާޒުކޮށް އެކިކަހަލަ ހަމަލާތައް ދެމުންދާ ދަނޑިވަޅެއްގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެކެވެ.
ރައީސްގެ ދަރިކަލުންނާ ގުޅުވައިގެން އެމްޑީޕީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރު ދެއްކި ވާހަކަތައް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން ކުށްވެރިކުރުމާ ގުޅިގެން އެމްޑީޕީން އިއްޔެ ނެރުނު ބަޔާނުގައި މަރިޔަމް ޒުބައިރު ދެއްކި ވާހަކަތަައް ދިފާއުކޮށް، އޭނާގެ އަމަލުތަކަށް ހިތްވަރު ލިބޭނެހެން ވާހަކަދައްކާފައިވެއެވެ.
ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް ކުޑަކުދިން ވައްދައިގެން އެކުދިންނަށް ނަފުސާނީ އަދި ޖިސްމާނީ އަނިޔާ ލިބިދާނެ ހާލަތެއް އުފެއްދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަން ގިނަ ބަޔަކު ފާހަގަކުރަމުންދަނިކޮށް، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލުވަނީ ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނާނެ ގޮތަށް މަރިޔަމް ޒުބައިރު ދެއްކި ވާހަކަ ދިފާއުކޮށް، އޭނާއަށް ހިތްވަރުލިބި، ރައީސްގެ ދަރިކަލުންނާ ގުޅުވައިގެން ދެއްކި ދޮގު ވާހަކައަކީ ތެދެއްކަމުގައި ބެލެވޭނެހެން އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.
ގިނަ ބަޔަކު އަންނަނީ އެމްޑީޕީގެ މި ނާތަހުޒީބު އަމަލު ކުށްވެރިކޮށް އެކަމާ ދެކޮޅަށް އަޑުއުފުލައި، ކުޑަކުދިންގެ ކަރާމާތަށް އުނިކަން ލިބޭނެ އަމަލުތައް ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ހިންގުން ހުއްޓުވުމަށް ގޮވައިލަމުންނެވެ.