ENGLISH

21 އޭޕްރީލު 2025

Advertisement

ތިން ބޭފުޅަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވައިފި

15 މާރިޗު 2025

|

ޝިފްޒާން އަޙްމަދު

ފަނޑިޔާރު ހުސައިން ޝަހީދު، ފޮޓޯ: މިހާރު

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ހައިކޯޓުގެ އިސްފަނޑިޔާރު އަލްއުސްތާޛު ހުސައިން ޝަހީދު ކުރިމަތިލައްވައިފިއެވެ. 

ސުޕްރީމް ކޯޓުގެ ބެންޗުން އެއް ޖާގަ ހުސްވުމާ ގުޅިގެން ފާއިތުވި ހަފުތާގެ ހޯމަދުވަހު ޖުޑީޝަލް ސާވިސް ކޮމިޝަނުން އިއުލާނުކުރުމުން ފުރަތަމަ ކުރިމަތިލެއްވީ އެންމެ ބޭފުޅެކެވެ. އެއީ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތެވެ. 

އެންމެ ބޭފުޅަކު ކުރިމަތިލެއްވުމާ ގުޅިގެން ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ވަގުތު ޖޭއެސްސީން އިތުރުކުރިއެވެ. މުހުލަތު އިތުރުކުރުމާ ގުޅިގެން ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރަށް ގާނޫނީ ވަކީލެއްކަމުގައިވާ ރުޝްދުﷲ އިބްރާހީމުވެސްވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވާފައެވެ. 

އެންމެ މަތީ ކޯޓުގެ ފަނޑިޔާރުކަން ހުސްވީ އެ ކޯޓުގެ ފަނޑިޔާރުގެ މަގާމުގައި ހުންނެވި ހުސްނުއްސުއޫދާ ގުޅުންހުރި ސުލޫކީ މައްސަލަތަކެއް ޖުޑީޝަލް ސާވިސަސް ކޮމިޝަަނުން ބަލަމުންދަނިކޮށް އޭނާ އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. ސުއޫދު އިސްތިއުފާދެއްވިއިރު އޭނާ ހުންނެވީ އެންޓި ކޮރަޕްޝަން ކޮމިޝަނުން އޭނާއަށް ތުހުމަތުވާ ކޮރަޕްޝަނުގެ މައްސަލައެއް ބަލަމުންދާތީ ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން ސަސްޕެންޑުކޮށްފައެވެ. 

ނިހާޔަތަކީ ސިވިލް ކޯޓުގެ ފަނޑިޔާރުކަމާއި، ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްކަމާއި އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. 

ފަނޑިޔާރު ހުސައިން ޝަހީދު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެވުނީ ޖުލައި 24، 2018 ވަނަ ދުވަހުއެވެ. އަދި އެ ކޯޓުގެ އިސްފަނޑިޔާރުގެ މަގާމަށް އޭނާ އައްޔަންކުރެވުނީ އޮކްޓޯބަރު 26، 2023 ގައެވެ. ހައިކޯޓުގެ ކުރިން ކުރިމިނަލް ކޯޓުގެ ފަނޑިޔާރުކަން ޝަހީދު ކުރައްވާފަައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު