ENGLISH

21 އޭޕްރީލު 2025

Advertisement

ފަރުތޮޅިއެއްގެ ހަމަލާގައި ނާޒުކު ހާލަތަކަށް ދިޔަ ދިވެހި ޒުވާނަކު ސަލާމަތް ކުރުމަށް އިންޑިޔާގެ ޑޮކްޓަރުން އުނދަގޫ އޮޕަރޭޝަނެއް ކޮަށްފި

15 މާރިޗު 2025

|

ފަޒީލް ޢަބްދުލް ލަތީފު

ފަރަތޮޅިއަކީ ވަރަށް ތޫނު ދަތްތަކެއް ލިބިބިފައިވާ މަހެއް.

ހުއިފިލަނޑާ ނަގަން އުޅުމުގެތެރޭގައި، ފަރުތޮޅިއެެއްގެ ހަމަލާއަކުން ނާޒުކު ހާލަތަކަށް ދިޔަ ދިވެހި ޒުވާނަކަށް ފަރުވާދިނުމަށް އިންޑިޔާގެ ކޮޗިންގެ އަމްރިތާ ހޮަސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމަކުން ކާމިޔާބު ބޮޑު އޮޕަރޭޝަނެއް ކޮށްފިއެވެ. 

އިންޑިޔާގެ ނޫސްތަކުގައިވާ ގޮތުން، ފަރުތޮޅީގެ ހަމަލާގެ ސަބަބުން، 32 އަހަރުގެ ދިވެހި ފިރިހެން މީހާގެ މައިބަދައަށާއި ކަނދުރާ އާއި ދިމާވާގޮތަށް ހުންނަ ނާރުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

ބަލިމީހާގެ ޒަޚަމްތަކަށް އެންމެ ފުރަތަމަ ފަރުވާދީފައިވަނީ ރާއްޖޭގައެވެ. ނަމަވެސް އޭނާގެ ހާލަތު ހުރި ގޮތުން ޑޮކްޓަރުންގެ ލަފާގެ މަތިން އިންޑިޔާއަށް ގެންދެވުނެވެ.

ސިއްހީ މާހިރުންނަށް ފާހަގަކުރެވުނު ގޮތުގައި ބެރަކޫޑާގެ ތޫނު ދަތްތައް އޭނާގެ ނާރުތަކަށް ވަރަށް ފުންކޮށް ވަދެފައިވެއެވެ. މީގެ ސަބަބުން އޭނާގެ ވާތް އަދި ފައިވަނީ އައްސިވެފައެވެ. އިތުރު ޓެސްޓުތަކުން ދައްކާގޮތުގައި މަހުގެ ދަތްތަކުގެ 10 އަށްވުރެ ގިނަ ބައި އޭނާގެ ނާރުތަކުގައި ހަރުލާފައިވެއެވެ. ފަރުތޮޅި އަކީ ވަރަށް ތޫނު ދަތްތަކެއް ހުންނަ ތުންގަނޑެއް ލިބިފައިވާ މަހެކެވެ. 

އިންޑިޔާގެ ނޫސްތަނުގައި ބުނެފައިވާ ގޮތުގައި ހަރުލާފައިވާ ދަތްތައް ނެގުމަށާއި ލިބިފައިވާ ގެއްލުންތަކަށް ފަރުވާކުރުމަަށް ނިއުރޯސަރޖަރީ ޑިޕާޓްމަންޓުގެ ޑޮކްޓަރުންގެ ޓީމަކުން ވަރަށް ބޮޑު އުނދަގޫ އޮޕަރޭޝަނެއް ކުރިއަށް ގެންދެވުނެވެ.

އޮޕަރޭޝަން ކާމިޔާބުވުމާއެކު، ބަލިމީހާ ވޯޑަށް ބަދަލުކުރެވުނެވެ. މި ސާޖަރީގައި ބައިވެރިވި ޑޮކްޓަރުން ވިދާޅުވި ގޮތުގައި މިކަހަލަ ނާރުތަކުގެ އޮޕަރޭޝަނަކީ ވަރަށް މަދުން ކުރެވޭ އަދި ވަރަށް އުނދަގޫ އޮޕަރޭޝަނެކެވެ.

މި ހާދިސާއާ ގުޅޭގޮތުން ވާހަކަދައްކަމުން، ބަލިމީހާގެ ބޭބެ ބުނެފައިވަނީ، އެންމެ ފުރަތަމަ ހޮސްޕިޓަލަށް އައި އިރު، އަނިޔާތަކުގެ ނުރައްކާތެރިކަމުގެ ސަބަބުން އޭނާ ދިރި ހުރުމާމެދު އާއިލާ ވަރަށް ބޮޑަށް ކަންބޮޑުވެފައިވާ ކަމަށެވެ. ނަމަވެސް ސާޖަރީއަށް ފަހު މިހާރު ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިފައިވާކަމަށް އޭނާ ބުންޏެވެ. އަމްރިތާ ހޮސްޕިޓަލުގެ ޑޮކްޓަރުންނަށް ވަރަށް ބޮޑަށް ޝުކުރުވެރިވާކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ދިވެހި ރާއްޖޭގައި މީގެ ކުރިންވެސް ފަރުތޮޅީގެ ހަމަލާތައް ރިޕޯޓުކުރެވިފައިވެއެވެ. އަދި އެންމެ އެކަށީގެންވާ ފަރުވާނުދެވުމުގެ ސަބަބުން ބައެއް މީހުން ދާއިމީ ނުކުޅެދުންތެރިކަމާ ކުރިމަތިލާން ޖެހިފައިވާއިރު، ބައެއް މީހުން ދުނިޔެ ދޫކޮށްފައިވެސް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު