ENGLISH
21 އޭޕްރީލު 2025
އަންހެނުން ބާރުވެރިކުރަން ސޮއިކުރިތާ ގިނަދުވަހެއްނުވެ އެމްޑީޕީން ރައީސްގެ އާއިލާއަށް ގަނާކުރުން ލަދުވެތި: ޕީއެންސީ
15 މާރިޗު 2025
|
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން - ފޮޓޯ: ވޮއިސްއެމްވީ
އަންހެނުން ބާރުވެރިކޮށް، އަންހެނުންނާ ދެކޮޅަށް ކުރާ އަނިޔާގެ މައްސަލަތަކުގައި ގުޅިގެން މަސައްކަތް ކުރުމަށް ސިޔާސީ ޕާޓީތަކުން އެއްބަސްވިތާ މާގިނަދުވަހެއް ނުވެ އެމްޑީޕީގެ އިސް ސަފުގައި މަސައްކަތް ކުރާ އަންހެނަކު ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާ ދަރިކަލުންނަށް ނިސްބަތްކޮށް ގަނާ ކުރިކުރުމަކީ ލަތުވެތި ކަމެއް ކަމަށް ވެރިކަން ކުރާ ޕީއެންސީ އިން ބުނެފިއެވެ.
މި މަހުގެ 12 ވީ ބުދަ ދުވަހުގެރޭ ޓީވީއާއި މީސްމީޑިއާ މެދުވެރިކޮށް ވަގުތުން ދުރަށް ދައްކަމުންދިޔަ އެމްޑީޕީގެ ހަރަކާތެއްގެ ތެރެއިން އެޕާޓީގެ ދުވަސްވީ އެކްޓިވިސްޓު އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާ ތަމްސީލު ކުރައްވާ އެ ޕާޓީގެ މެންބަރު މީކާއީލު އަޙްމަދު ނަސީމްގެ މަންމަ، މަރިޔަމް ޒުބެއިރު (މަންދީ)، ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދަށް އަދި ދަރިކަލުންނަށް ނިސްބަތްކޮށް، ގަނާ ކުރުމުގެ ހުތުރު އަމަލުތަކެއް ހިންގާފައިވާ ކަމަށް ޕީއެންސީ އިން ބުނެ ބަޔާނެއް ނެރެފައިވެއެވެ.
އެ ޢަމަލު އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކޮށް އެ ޕާޓީން ނެރުނު ބަޔާނުގައި ބުނީ މިއަމަލު ކުށްވެރިކޮށް ހިއުމަން ރައިޓްސް ކޮމިޝަން އަދި އިލެކްޝަން ކޮމިޝަނުން ނެރުނު ބަޔާންތަކަކަށް ރައްދު ދެމުން އެމްޑީޕީ އިން ނެރުނު ބަޔާނުގައި "ކަމުގެ ހަގީގަތް ނުބަލާ" ކަމަށެވެ.
އޭގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ދިވެހިރާއްޖޭގައި ވޭޕް މަނާ ކުރެއްވީ ދަރިކަލުން ކުރެއްވި ކަމަކުން ކަމަށް ބުނެ، ދައްކާފައިވާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތި ރައްޔިތުންނަށް ގަސްތުގައި އޮޅުވާލައި، ފިތުނަ ފަސާދަ އުފެއްދުމުގެ ބޭނުމުގައި ކަމަށް ވެސް ބަޔާނުގައި ވެއެވެ.
އެހެން ނަމަވެސް އެޕްޑީޕީގެ އެކްޓިވިސްޓްގެ މިއަމަލު ދިފާއުކޮށް އެމްޑީޕީ އިން ނޫސް ބަޔާނެއް ނެރެ ކަމުގެ ހަގީގަތް ރައްޔިތުންނަށް އިތުރަށް އޮޅުވާލަން މަސައްކަތް ކޮށްފައިވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށް ޕީއެންސީ އިން ބުނެއެވެ. އަދި އެޕާޓީގެ ޗެއަރޕާރސަންގެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާއީލް ގެ ޓްވީޓަކުން ވެސް ކަމުގެ ގަގީގަތް އޮޅުވާލަން މަސައްކަތްކޮށް މަންދިގެ އަމަލު ދިފާއު ކުރުން ވެސް އެއީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް ބަޔާނުގައި ވެއެވެ.
ޕީއެންސީ އިން ބުނީ އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ކަނބަލަކު މިފަދަ މުޑުދާރު އަމަލެއް ހިންގާފައި މިވަނީ، އެ ޕާޓީ ހިމެނޭހެން މިފަދަ ކަންކަން ހުއްޓުވުމަށް ބާރުއަޅައި "ކްރޮސް ޕާޓީ ސްޓޭޓްމަންޓް ފޯރ އެންޝުއަރިންގ ސޭފްޓީ އެންޑް އީކުއަލް އޮޕޮރޗުނިޓީސް ފޯރ ވިމެން އިން ޕޮލިޓިކްސް" ގެ ނަމުގައި ފަހުމުނާމާ އެއްގައި ސިޔާސީ ޕާޓީތަކުން ސޮއިކޮށް އަތުގުޅާލިތާ ހަފްތާއެއްވެސް ނުވަނީސްކަމުން މިއީ ނުހަނު ލަދުވެތި ކަމެއް ކަމަށެވެ.
އޭގެ އިތުރުން، ފަސްޓްލޭޑީ އަދި ދަރިކަލުންނަށް ނިސްބަތްކޮށް، އާންމު އިޖުތިމާއީ މިންގަޑުތަކާއި ޚިލާފަށް މީޑިއާ މެދުވެރިކޮށް މިފަދަ ނާތަހުޒީބު އަމަލުތައް ހިންގުމަކީ އެއްވެސް ހާލެއްގައި ސިޔާސީ ހަރަކާތެއް ކަމަށް މިނިވަން ދިމިގްރާތީ އެއްވެސް މުޖުތަމައެއްގައި ބަލައިގަނެވޭނެ ހަމައެއް ނެތް ކަމަށް ބަޔާނުގައި ވެއެވެ.
މިފަދަ ކަންކަން ނުކުރުމަށް އީސީ އަދި އެޗްއާރްސީއެމް ފަދަ މުއައްސަސާތަކުން އަންގާފައިވަނިކޮށް އެމްޑީޕީ އާއި އެޕާޓީގެ އިސްވެރިން އެފަދަ ކަންކަމަށް ހިތްވަރު ލިބޭ ގޮތަށް ސޯޝަލް މީޑީއާގައި ބަސް ބުނެ އެކަންކަން ދިފާއު ކުރުން ދޭހަކޮށްދެނީ، އެމީހުންނަކީ ގާނޫނަކަށް، ގަވާއިދަކަށް އަދި އިންސާނީ ކަރާމާތަކަށް ބެލުމެއް ނެތި އަމިއްލަ މަންފާ އިސްކުރާ ބައެއް ކަން ކަމަށް ބަޔާނުގައި ބުންޏެވެ.
އަދިވެސް އެމްޑީޕީ އިން އެ ޕާޓީގެ އުފެދުމުގައި ވެސް ގެންގުޅުނު މިފަދަ ބޯދާ މިންގަނޑުތައް އަލުން ދިރުވަން މަސައްކަތް ކުރުމަކީ ހިތާމަވެރި އަދި އެހާމެ ފިނޑި ސިޔާސަތެއް ކަމަށް ދެކޭކަމަށް ވެސް ޕީއެންސީ ގެ ބަޔާނުގައި ވެއެވެ.
މިފަދަ އަމަލުތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ވެސް ޚިލާފު އަމަލުތައް ކަމަށާ، ސިޔާސީ އިމުގެ ބޭރުން ކުރެވޭ ކަންކަން ކަމުގައިވާތީ، ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުން މި މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަށް ވެސް އެ ޕާޓީން ވަނީ ގޮވާލާފައެވެ.