ENGLISH

21 އޭޕްރީލު 2025

Advertisement

ރައީސުލްޖުމްހޫރިއްޔާ، ކެނެޑާގެ އައު ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި

15 މާރިޗު 2025

|

ހަސަން އާމިރު

ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި ކެނެޑާގެ އާ ބޮޑުވަޒީރު ކާރނީ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކެނެޑާގެ އައު ބޮޑުވަޒީރު، ހިޒް އެކްސަލަންސީ މާކް ޖޯސެފް ކަރނީ، މަޤާމާއި ހަވާލުވެވަޑައިގަތުމުން އެ މަނިކުފާނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ކެނެޑާގެ އައު ބޮޑުވަޒީރު، ހިޒް އެކްސަލަންސީ މާކް ޖޯސެފް ކަރނީއަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވީ، އެ މަނިކުފާނަށް ފޮނުއްވި މެސެޖެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ކެނެޑާގެ ބޮޑުވަޒީރު ކަރނީގެ ޒަޢާމަތުގައި އެ ޤައުމުގައި ހަމަޖެހުމާއި ފާގަތިކަން ދެމި އޮންނާނެކަން ޔަޤީން ކުރައްވާކަމުގައި ވިދާޅުވިއެވެ. އަދި، ކެނެޑާގެ އައު ބޮޑުވަޒީރަށް ކާމިޔާބީއާއި، ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، ކެނެޑާގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު