ENGLISH

21 އޭޕްރީލު 2025

Advertisement

ބީއެމްއެލްގެ މެއިންޓެނެންސް މަސައްކަތެއް ކުރިއަށް ދާތީ ކާޑުގެ ޚިދުމަތްތަކަށް ވަގުތީ ގޮތުން ބުރޫއަރާނެ

15 މާރިޗު 2025

|

ޝަރާ އަބްދުﷲ

ފޮޓޯ: ބީއެމްއެލް

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މެއިންޓެނެންސް މަސައްކަތެއް ކުރިއަށް ދާތީ ކާޑުގެ ޚިދުމަތަށް ވަގުތީ ގޮތުން ބުރޫއަރާނެ ކަމަށް ބީއެމްއެލްއިން ބުނެފިއެވެ.  

ބީއެމްއެލްގެ ރަސްމީ އެކްސް އެކައުންޓުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ގާތްގަނޑަކަށް މިއަދު މެންދުރު 2:30 އާ ހަމައަށް ބީއެމްއެލްގެ ކާޑުން ދޭ ޚިދުމަތްތަކަށް ބުރޫއަރާނެ ކަމަށެވެ. އެހެން ނަމަވެސް މޯބައިލް އަދި އިންޓަނެޓް ބޭންކިންގެ ޚިދުމަތްތައް ކުރިއެކޭ އެއްގޮތަށް ލިބޭނެ ކަމަށްވެސް ބީއެމްއެލްއިން ބުނެފައިވެއެވެ. 

ޚިދުމަތް ހޯއްދެވުމުގައި، މިވަގުތު މޮބައިލް އަދި އިންޓަނެޓް ބޭންކިންގެ ޚިދުމަތްތައް އިޚުތިޔާރު ކުރުމަށް ބީއެމްއެލް އިން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު