ENGLISH

21 އޭޕްރީލު 2025

Advertisement

ރައީސް ސަފީރަކާ ދެއްކެވިކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކައެއް؛ އެކަން ހާމަކުރެއްވީ ސީދާ ސަފީރު

15 މާރިޗު 2025

|

ޝިފްޒާން އަޙްމަދު

ސަފީރުންނަށް ރައީސް ދެއްވި ރޯދަވީއްލުމުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް

ބޭރު ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވި ރޯދަވީއްލުމުގެ ފަރިއްކޮޅުގައި އިނގިރޭސިވިލާތުގެ ސަފީރާ ރައީސް ދެއްކެވިކަމަށް ބުނެ ސޯޝަލް މީޑިޔާގައި ފަތުރަމުންދާ ވާހަކައަކީ ދޮގެއްކަމަށް ސީދާ އިނގިރޭސި ސަފީރު ވިދާޅުވެއްޖެއެވެ. 

އިނގިރޭސި ސަފީރު ނިކް ލޯވްއާ ރައީސް ވާހަކަދައްކަވާ މަންޒަރު ފެންނަ ފޮޓޯއެއް މީސްމީޑިޔާއަށް ޕޯސްޓުކޮށް، ކާކުކަން ނޭނގޭ އެކައުންޓަކުން ކުރި ޕޯސްޓުގައި ރައީސަށް ހުކުރު މިސްކިތުގެ މުންނާރުގެ އުމުރު އޮޅިވަޑައިގެން އެ މުންނާރަކީ އެއްހާސް އަހަރުވީ ބިނާއެއްކަމަށް ސަފީރު އަރިހުގައި ވިދާޅުވިކަމަށް ބުނެފައިވެއެވެ. 

މި އެކައުންޓަކީ މިފަދަ ބުހުތާނު ވާހަަކަތައް ފަތުރައި، އާންމުންގެ މެދުގައި ފިތުނަވެރިކަން އުފެއްދުމަށް މަޝްހޫރުވެފައިވާ އެކައުންޓެކެވެ. ސިޔާސީ މަގުސަަދު ހާސިލުކުރުމަށްޓަކައި އެކި މީހުންގެ ބޮލުގައި އެއްވެސް ހަގީގަތެއް ނެތް ތުހުމަތުތައް އަޅުވައި، މީހުންގެ އަބުރަށް އަރައި، މުޖުތަމައުގައި ރުޅިވެރިކަމާއި ފިތުނަވެރިކަން އުފެދޭނެ ގިނަ ދޮގުތައް ކޮންމެ ދުވަހަކުހެން އެ އެކައުންޓުންދަނީ ޝާއިއުކުރަމުންނެވެ. 

އިނގިރޭސި ސަފީރާއި ރައީސްގެ މެދުގައި ދެކެވުނުކަމަށް ބުނެ އެ އެކައުންޓުން އާއްމުކުރި ވާހަކައަކީވެސް މިފަދަ ހިޔާލީ ވާހަކައެއްކަން މިފަހަރު ހާމަކުރެއްވީ ސީދާ ސަަފީރެވެ. 

އެކަމާ ގުޅިގެން ކުރެއްވި ޕޯސްޓުގައި ނިކް ލޯ ވިދާޅުވީ، ފަރުދާގެ ފުރަގަހުގައި ފިލައިހުރެ ދޮގުތައް ފެތުރުމަށް ބޭނުންކުރަމުންދާ އެ އެކައުންޓުގައި ލިޔުނު ވާހަކައާއެކު ހިއްސާކުރި ޕޯސްޓުން ފެންނަނީ އޭނާ ކަމަށެވެ. 

އިތުރަށް ނިކް ވިދާޅުވީ ރައީސް ދެއްކެވިކަމަށް އެ ޕޯސްޓުގައި ބުނެފައިވާ ފަދަ އެއްވެސް ވާހަކަފުޅެއް އޭނާގެ އަރިހުގައި ނުވަތަ އޭނާއަށް އަޑުއިވޭ ހިސާބުގައިވެސް ރައީސް ދައްކަވާފައި ނެތް ކަމަށެވެ. އަދި ކާކުކަން ނޭނގޭ ގޮތަށް ދޮގު ފެތުރުމަށް ބޭނުންކުރާ އެކައުންޓުން ލިޔެފައިވާ ވާހަކައާމެދު ކިޔުންތެރިން އަމިއްލައަށް ގޮތެއް ނިންމުމަށް އޭނާ އެދިވަޑައިގަތެވެ. 

މީސްމީޑިޔާގަައި ކާކުކަން ނޭނގޭ ގޮތަށް ހިންގާ ބައެއް އެކައުންޓުތަކުން އަންނަނީ އެއްވެސް ހަގީގަތެއް ނެތް، ސާބިތުކުރެވޭނެ ގޮތެއްވެސް ނެތް، ބުހުތާނު ވާހަކަތައް ފަތުރައި މީހުންގެ އަގުވައްޓައި، މުޖުތަމައުގައި ރުޅިވެރިކަމާއި ނަފުރަތު އުފެއްދުމަށް މަސައްކަތްކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު