ENGLISH

21 އޭޕްރީލު 2025

Advertisement

ދޭނެ ސިޔާސީ ރައްދެއް ނެތީމަ "ދެއްކޭ ނުދެއްކޭ ވާހަކަވެސް ނޭނގެނީ"؟

14 މާރިޗު 2025

|

މުރުޝިދު އަބްދުލް ޙަކީމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެގެންދަނީ ޤައުމީ ބޮޑެތި މައްސަލަތަކުގައި މީގެ ކުރިން ވެރިންނަށް އަޅަން ނުކުރުނު ފިޔަވަޅުތައް އެޅުއްވި ވެރިއެއްގެ ގޮތުގަ އެވެ. އޭގެ ތެރެއިން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އެޅި ހަރުދަނާ ފިޔަވަޅުތައް ފާހަގަކޮށްލެވެ އެވެ. ރާއްޖޭގައި ވޭޕް އާއްމުވަމުން ދިއުމުން ސިއްހީ ދާއިރާގައި މަސައްކަތްކުރާ ބޭފުޅުންނާއި ބެލެނިވެރިން ދިޔައީ އެކަން މަނާކުރުމަށް އެމްޑީޕީގެ ވެރިކަމުގައި އާދޭސް ކުރަމުންނެވެ. އެހެން ނަމަވެސް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީން އެކަމަށް ދިނީ ބީރު ކަންފަތެވެ. ރައީސް ޑރ. މުޢިއްޒު ވެރިކަމަށް ވަޑައިގެން ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް އިޖާބީ ގޮތެއްގައި އެޅުއްވި ފިޔަވަޅުތަކުގެ ތެރޭގައި ރާއްޖޭގައި ވޭޕް މަނާ ކުރުން ހިމެނެއެވެ. ނަތީޖާއަކަށްވީ އެކަމަށް ޤައުމަށް ހެޔޮއެދޭ އެތައް ބައެއްގެ ތައުރީފު ސަރުކާރަށް އޮހުމެވެ. ސިއްހީ މާހިރުންނާއި އެތައް ބެލެނިވެރިންނެއްގެ ހިތްތައް ޝުކުރުން ފުރުނެވެ. ރައީސް ޑރ. މުޢިއްޒު ތާރީޚުގެ ތެރެއަށް ވެންނެވީ ދިވެހިންގެ ސިއްހަތަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުއްވި ވެރިއެއްގެ ގޮތުގަ އެވެ.

މީގެ ނަތީޖާއަކަށްވީ އިދިކޮޅު އެމްޑީޕީއަށް މިކަން ހަޖަމުކުރަން އުނދަގޫވުމެވެ. ޤައުމު ބަނގުރޫޓުވާނެ ކަމަށް އެމްޑީޕީން ޖެހި ހިސާބު ދިމާނުވެ، އެ ޕާޓީން ބޭއްވި އެއްވުންތަކަށް ތަރުހީބެއް ނުލިބުމުން މިހާރު ފެންނަނީ "ހަމައިން ނެއްޓި މޮޔަ ގޮވާ"ތަނެވެ. އޭގެ ތެރެއިން އެކަން އެންމެ ސާފުކޮން ފެނުނީ މަގުމަތީ އެއްވެ އެމްޑީޕީން މާލެ ހަލަބޮލި ކުރަން ކުރާ މަސައްކަތުގައި ދެއްކި ވާހަކަތަކުންނެވެ.

ސަރުކާރަށް ދޭނެ ސިޔާސީ ރައްދެއް ނެތުމުން އެމްޑީޕީގެ އެކްޓިވިސްޓުން މިހާރު ފެންނަނީ ފުރައްސާރަކޮށް ދޮގުވާހަކަތައް ދައްކައިގެންވިއަސް ހަގީގަތް އޮޅުވާލަން މަސައްކަތްކުރާތަނެވެ. އެހެން މީހުންގެ އަބުރަށް އެރުމާއި މީހުންނަށް ފުރައްސާކުރާ މީހެއްގެ ގޮތަށް މަޝްހޫރުވެފައިވާ އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ) ރައީސް މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް މުޒާހަރާގައި ދެއްކި ވާހަކަކަކީ ވެސް މިފަދަ ވާހަކަތަކެވެ. އެކަމާ ގުޅިގެން އާއްމުން ދަނީ އޭނާއަށް ރައްދުދެމުންނެވެ. އޭގެ އިތުރުން އެއްވެސް އަސާސެއް ނެތި ކުޑަކުއްޖަކާ ގުޅޭ ގޮތުން ސިޔާސީ އެއްވުމެއް ކަމަށްބުނާ ތަނެއްގައި ދެއްކެވި ވާހަކަތަކަށް މިނިވަން މުވައްސާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ބައެއް މީހުން ފާޅުކޮށްފައިވާ ޚިޔާލުތަކުގައިވާ ގޮތުން މަންދީއަކީ މީހުންނަށް ބްލީ ކުރުމާއި ފުރައްސާރަކޮށް މަލާމާތްކުރުމުގައި ފާހަގަކޮށްލެވޭ މީހެކެވެ. މަންދީގެ ވާހަކައިން އެނގިގެން ދަނީ އޭނާގެ އެއްްވެސް އަޚުލާގެއް ނެތުމާއި ލަދު ހަޔާތްނެތުންކަން ގިނަ ބަޔަކު ފާހަގަކުރިއެވެ. އަދި އެ ވާހަކަތަކަށް ސަޕޯޓްދޭން ތިބީ ވެސް އެފަދަ މީހުންގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރި އެވެ.

އެމްޑީޕީން ނުކުމެ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަންދައްކައި ގާނޫނާ ގަވާއިދާ ޚިލާފަށް އަޑުގަދަކުރާ ބޭނުންކޮށް އާންމުންނާ ޓްރެފިކަށް ދަތިވާގޮތަށް އަމަލުކުރަމުން ދިއުން އޮތީ އާއްމުވެފަ އެވެ. އޭގެއިން ވެސް ސަރުކާރަށް މާބޮޑު އަސަރެއް ނުކުރުމުން ދެން ނިކުތީ ކުޑަކުދިންނާއި ކުށެއް ނެތް ބައެއްގެ އަބުރު ކަތިލައިގެންވެސް މީހުންގެ ސަމާލުކަން އެ އެއްވުމަށް ހޯދަން ކަމަށް ގިނަ މީހުން އެއްބަސްވެ އެވެ.

މަންދީގެ ވާހަކައިގައި ޒާތީ ހަސަދަގެ އަސަރު ނޫން އެއްޗެއް ނުފެނެ އެވެ.

އަނެއް ކަމަކީ އެމްޑީޕީގެ މިފަދަ އަމަލުތަކަކީ މީގެ ކުރިންވެސް ތަކުރާރުކޮށް ފެނިފައިވާ އަމަލުތަކެކެވެ. ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔުމާއި އެމަނިކުފާނުގެ އާއިލާއާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ އާއިލާގެ އަބުރު ނަގާލަން ސިޔާސީ މަސައްކަތުގެ ނަމުގައި ކުރި ކަންކަން އަދި މީހުން ހަނދާން ނެތޭހާ ދުވަހެއްނުވެ އެވެ. މިއަދު ވެސް އެ ޕާޓީން ފެންނަނީ އެ މަންޒަރެވެ. ހައްގުތަކާއި މިނިވަންކަމުގެ ވާހަކަތައް ދައްކަމުން މީހުންގެ ހައްގުތަކަށް އަރައިގަނެ ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭ މިންވަރަށް ވާހަކަތައް ފަތުރާނީވެސް ހަމަ އެ ޕާޓީންނެވެ.

ކިޔުންތެރިންގެ ހިޔާލު
15 މާރިޗު 2025

މެރީނާ ·

ފުރިހަމަ ލިޔުމެއް. ލިޔުންތެރިޔާ މުރުޝިދަށް ކާމިޔާބީއަށް އެދެން.