ENGLISH

21 އޭޕްރީލު 2025

Advertisement

ފިޠުރު ޢީދާ ގުޅިގެން މެދުނުކެނޑި ދިގު ޗުއްޓީއެއް ލިބޭނެހެން ބަންދު ދުވަސްތައް ރައީސް ކަނޑައަޅުއްވައިފި

14 މާރިޗު 2025

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

މި އަހަރުގެ ފިޠުރު ޢީދާ ގުޅިގެން ދިގު ޗުއްޓީއެއް ލިބޭނެ ގޮތަށް، ސަރުކާރު ބަންދުކުރައްވާނެ ދުވަސްތައް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ. 

ރައީސް އޮފީހުން މިއަދު ނެރުނު ދެންނެވުމެއްގައި ބަޔާންކޮށްފައިވާ ގޮތުން 1446 ވަނަ އަހަރުގެ ޝައްވާލު މަހުގެ އެއްވަނަ ދުވަސް ނުވަތަ ފިޠުރު ޢީދު ދުވަހަކީ މާޗު މަހުގެ 31 ވަނައަށްވާ ހޯމަ ދުވަސްކަމަށް އިސްލާމިކް މިނިސްޓްރީން ނިންމަވައިފިނަމަ، ފިޠުރު ޢީދުގެ ތިން ދުވަހުގެ ގޮތުގައި މާޗު 31، އޭޕްރީލް 1 އަދި ދެވަނަ ދުވަހުގެ އިތުރަށް ޖެހިގެން އަންނަ ބުރާސްފަތި ދުވަސްވެސް ބަންދުކުރައްވަން ރައީސް އިރުޝާދުދެއްވާފައިވެއެވެ. 

އަދި މި އަަހަރުގެ ފިޠުރު ޢީދު ދުވަހަކީ މާޗު މަހުގެ 30 ވަނައަށްވާ އާދީއްތަ ދުވަސް ކަމުގައި އިސްލާމިކް މިނިސްޓްރީން ނިންމައިފިނަމަ، ފިޠުރު ޢީދުގެ ތިން ދުވަހުގެ ގޮތުގައި މާޗު 30 ވަނަ ދުވަހާއި، 31 ވަނަ ދުވަހާއި އޭޕްރީލު އެއްވަނަ ދުވަހުގެ އިތުރަށް އޭޕްރީލު ދެވަނައަށްވާ ބުދަދުވަހާއި، އޭޕްރީލު ތިންވަނައަށްވާ ބުރާސްފަތި ދުވަހަކީވެސް ބަންދު ދުވަސްތަކެއް ކަމުގައި ކަނޑައެޅުއްވުމަށް ރައީސް ނިންމަވާފައިވެއެވެ. 

މިގޮތަށް މުޅި ހަފުތާ ބަންދުވާނެހެން ރައީސް ނިންމެވީ ފިޠުރު ޢީދާ ގުޅިގެން އާއިލާއާއެކު ވީހާވެސް ގިނަ ދުވަސްތަކެއް ހޭދަކުރުމަށް ފުރުސަތު ފަހިކޮށްދެއްވުމަށް، މެދުނުކެނޑޭނެ ގޮތަށް ބަންދު ދުވަސްތައް މުވައްޒަފުންނަށް ލިބޭ ގޮތަށް ހަމަޖައްސަވަންކަމަށް އެމަނިކުފާނު ވިދާޅުވިކަމަށް ރައީސް އޮފީހުގެ ދެންނެވުމުގައި ބުނެފައިވެއެވެ. 

މި ނިންމެވުމާއެކު ފިޠުރު ޢީދުގެ ބަންދަށްފަހު ސަރުކާރގެ އޮފީސްތައް ހުޅުވޭނީ އަންނަ އޭޕްރީލް މަހުގެ ހަވަނައަށްވާ އާދީއްތަ ދުވަހުގައެވެ. 

ކިޔުންތެރިންގެ ހިޔާލު