ENGLISH

21 އޭޕްރީލު 2025

Advertisement

ދަރަވަންދޫގައި ދެމަފިރިއެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ފިރިހެން މީހާ ޒަޚަމުވެއްޖެ

14 މާރިޗު 2025

|

އަޙުމަދު ޙަމީދު

ބ. ދަރަވަންދޫ

ބ. ދަރަވަންދޫގައި ދެމަފިރިއެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ފިރިހެން މީހާ ޒަޚަމުވެއްޖެ އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނި ގޮތުގައި މި މައްސަލައިގެ ރިޕޯޓް ލިބުނީ ރޭ މެންދަމު 1:52 ގަ އެވެ.

ދެމަފަރީންގެ މެދުގައި ހިނގި މި ހަމަނުޖެހުމުގައި ފިރިހެން މީހާ ޒަޚަމުވި ކަމަށް ވެސް ބުންޏެވެ. އަދި އެ މީހާ، ބ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ ހަމަނުޖެހުމުގެ މި މައްސަލަ ތަހުޤީޤު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު