ENGLISH

21 އޭޕްރީލު 2025

Advertisement

ގެސްޓްހައުސްއެއްގެ ވައިގޮޅިއަކަށް މީހަކު ވެއްޓިއްޖެ

14 މާރިޗު 2025

|

އަޙުމަދު ޙަމީދު

ވައިގޮޅިއަށް ވެއްޓުނު މީހާ ނަގަނީ

ގެސްޓްހައުސްއެއްގެ ވައިގޮޅިއަކަށް މީހަކު ވެއްޓި އެވެ.

މި ހާދިސާ ހިނގީ ރޭ މެންދަމު އެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މާލޭގައި ހުންނަ ގެސްޓްހައުސްއެއްގެ ވައިގޮޅިއަކަށް މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު ރޭ މެންދަމު 2:55 ހާއިރު ލިބުނު ކަމަށެވެ.

އެމީހާ ނެގީ ފުލުހުންނެވެ. އަދި ފަރުވާއަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ.

އެމީހާ އެތަނަށް ވެއްޓުނީ ކަމެއް ނުވަތަ ފުންމާލީ ކަމެއް ސާފެއް ނުވެ އެވެ. އޭނާއަށް ލިބުނު ގެއްލުމުގެ ތަފްސީލެއް ވެސް ނުލިބެ އެވެ.

ކިޔުންތެރިންގެ ހިޔާލު