ENGLISH
21 އޭޕްރީލު 2025
ތިން ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމުމަށް ހަވާލުކޮށްފި
14 މާރިޗު 2025
|
ތިން ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމުމަށް ފެނަކާ އާއި އެކު އެއްބަސްވުމެއްގައި ސޮއިކުރުމުގެ ތެރެއިން / ފޮޓޯ: މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ތިން ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްފިއެވެ.
މި ތިން ރަށަކީ ށ. މާއުނގޫދޫ، ށ. ނަރުދޫ އަދި ނ. ޅޮއްސެވެ.
މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ޙަސަން ރަޝީދު ކަމަށެވެ. އަދި ފެނަކަ ކޯރޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާޙްއެވެ.
މި ރަށްތަކުގައި މީގެ ކުރިން ވެސް ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމަށް ހަވާލުކުރިއެވެ. މީގެ ކުރިން ހަވާލުކޮށްފައިވަނީ ސްޓެޓިކް ކޮމްޕެނީ އާއި އަލްޓެކް މޯލްޑިވްސް އާއި ސާސް އީ ކޮންސްޓްރަކްޝް ކުންފުންޏާ އެެވެ.