ENGLISH
21 އޭޕްރީލު 2025
ދިގުރަށުން ފަތުރުވެރިން ބޭލުވި މައްސަލަ ބަލަނީ
14 މާރިޗު 2025
|
ދިގުރަށުގެ ގޮނޑުދޮށުން ފަތުރުވެރިންތަކެއް ފައިބަަންް އަންގަނީ (ފޮޓޯ/ ވަގުތު)
އދ. ދިގުރަށުން ފަތުރުވެރިންތަކެއް ބޭލުވި މައްސަލަ ބަލަމުންދާ ކަަމަށް މިނިސްޓަރ އޮފް ސިޓީޒް، ލޯކަލް ގަވާމެންޓް އެންޑް ޕަބްލިކް ވާކްސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
ދިގުރަށު ގޮނޑުދޮށުގައި ތިބި ފަތުރުވެރިންތަކެއް ފޭބުމަށް އެ ރަށު ކައުންސިލްގެ ރައީސް އިބްރާހީމް އުސްމާން އަތުން އިޝާރާތްކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފަ އެވެ. އެއާއެކު އޭނާއަށް ވަނީ ގިނަ ބައެއްގެ ފާޑުުކިޔުން އަމާޒުވެފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ އެ ރަށާ ކައިރި ރަށަކުންް އައި ފަތުރުވެރިންތަކެކެވެ. ދިގުރަށުގެ ތުނޑިއާއި ގޮނޑުދޮށަށް ކައިރި ކުރާއިރު ޚާއްސަ ފީއެއް ނެގުމަށް އެ ރަށު ކައުންސިލުން ނިންމާފައިވާއިރު އެ ފަތުރުވެރިން އެ ރަށަށް އައީ އެ އުސޫލާ ޚިލާފަށް ކަމަށްވެ އެވެ.
މި މައްސަލައާ ގުޅިގެން މިނިސްޓަރ މިއަދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ހާދިސާ ހިނގާދިޔަ ގޮތް ބެލުމަށް އިންކުއަރީއެއް ހިންގަން ނިންމަވާފައިވާ ކަމަށެވެ.
އަދި މުޖުތަމައުގެ އާއްމު އުސޫލުތައް ނެގެހެއްޓުމަށް މަސައްކަތް ކުރަމުންދާއިރު ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ފަތުރުވެރިންނަށް ރަށްރަށުން މަރުހަބާ ކިޔުމަށް ވެސް އިލްތިމާސްކުރެއްވި އެވެ.
އަދި ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރަމުންދާއިރު ރާއްޖޭގައި ގަބޫލުކުރާ މިންގަނޑުތައް ހިފެހެއްޓުމަށް މަސްލަހަތުވެރިންނާ އެކު މަޝްވަރާކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.