ENGLISH
13 ޖުލައި 2025
ފޮނަދޫގައި މަޖިލީހުގެ ރައީސް އިމާމުވެ ހުކުރު ކުރައްވައިފި
14 މާރިޗު 2025
|
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިމާމުވެ ހުކުރު ކުރައްވަނީ (ފޮޓޯ/ މުންޑޫ އާދަމް ހަލީމް)
ލ. ފޮނަދޫގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު އިމާމުވެ ހުކުރު ނަމާދުކުރައްވައިފި އެވެ.
އެމަނިކުފާނުގެ އުފަން ރަށް ކަަމަށްވާ، ފޮނަދޫގައި އިމާމުވެ ހުކުރު ކުރައްވާފައިވަނީ އެ ރަށުގެ މަސްޖިދުލް އުލާގައެވެ. އެ ރަށުގައި މިއަދު ހަތަރު މިސްކިތެއްގައި ހުކުރު ނަމާދުކޮށްފައިވެ އެވެ.
މިއަދުގެ ހުކުރު ޚުތުބާ ޚާއްސަ ކޮށްފައިވަނީ "ނަސްރުގެ މައްސަރު"ގެ މައުޟޫއަށެވެ.
އަބްދުއްރަހީމް އެންމެ ފަހުން އިމާމުވެ ހުކުރު ނަމާދެއް ކުރެއްވީ 2023 ވަނަ އަހަރުއެވެ.