ENGLISH
21 އޭޕްރީލު 2025
އީދާ ދިމާކޮށް މޯލްޑިވިއަން ސީޕްލޭންގެ ދަތުރުތައް ފުޅަދުއަށް
14 މާރިޗު 2025
|
އަންނަ އީދާ ދިމާކޮށް ޤައުމީ އެއަރލައިން މޯލްޑިވިއަންއިން ބ. އަތޮޅުގެ ރަށްތަކަށް ސީޕްލޭން ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.
މޯލްޑިވިއަނުން ބުނިގޮތުގައި މި ދަތުރުތަކާއެކު ބ. އަތޮޅަށް އެ އެއަރލައިނުން ކުރާ ދަތުރުތައް ފުޅާވެގެންދާނެ އެވެ. އެގޮތުން ބ. ފުޅަދޫއާއި ކާއިރީގައި އޮންނަ ބ. ފެހެންދޫ އަދި ބ. ގޮއިދޫއަށް ވެސް ދަތުރުކުރަން ބޭނުން ފަރާތްތަކަށް މިއީ ލިބިގެންދާނެ ފަސޭހައެއް ކަމަށް މައުލޫމާތުދެއެވެ.
މޯލްޑިވިއަނުން މި ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 31 ވަނަ ދުވަހުއެވެ.
މޯލްޑިވިއަނުން މައުލޫމާތު ދިންގޮތުގައި މި ދަތުރުތަކަށް ޓިކެޓް ވިއްކަން ފަށާނީ މިއަދުން ފެށިގެންނެވެ. އިތުރު މައުލޫމާތު ހޯދުމަށާއި ޓިކެޓް ގަތުމަށް maldivian.aero އަށް ޒިޔާރަތްކުރުމަށާއި، 24 ގަޑިއިރު ޚިދުމަތްދޭ ކޯލް ސެންޓަރުގެ ނަންބަރު 1671 އަށް ގުޅުމަށް މޯލްޑިވިއަނުން ވަނީ އެދިފައެވެ.
އަދި މި އައު ޚިދުމަތުގެ ސަބަބުން މާލެއިން އެ ސަރަހައްދަށް ކުރާ ދަތުރުގެ ވަގުތު 25 މިނެޓަށް ކުރުވެގެންދާނެކަމަށްވެސް މޯލްޑިއަނުން ބުނެފައިވެއެވެ.