ENGLISH
21 އޭޕްރީލު 2025
ސްޓެލްކޯ އިން ހައްޖާއި އުމްރާގެ އަޅުކަމަށް ފުރުސަތު ލިބޭ މުވައްޒަފުން ހޮވައިފި
13 މާރިޗު 2025
|
ހައްޖާއި ޢުމްރާގެ ފުރުސަތު ލިބުނު މުވައްޒިފުން
ސްޓެލްކޯ އިން މި އަހަރު ހައްޖާއި އުމްރާގެ އަޅުކަން އަދާކުރަން ދިއުމުގެ ފުރުސަތު ލިބޭ މުވައްޒަފުން ހޮވައިފި އެވެ.
މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ބޭނުންވާ މުވައްޒިފުންނަށް ހުޅުވާލި ފުރުސަތުގައި ހައްޖުގެ ފުރުސަަތަށް ހުށައެޅި 102 މުވައްޒަފުންގެ ތެރެއިން ޝަރުތު ފުރިހަމަވެފައި ވަނީ 84 މުވައްޒަފެއް ކަމަށާއި އުމްރާގެ އަޅުކަން އަދާކުރުމަށް ހުށަހެޅި 218 މީހުންގެ ތެރެއިން ޝަރުތު ހަމަވެފައިވަނީ 215 މުވައްޒަފަކު ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
މީގެ ދެ އަހަރު ކުރިއާ ހަަމަޔަށް ހައްޖު އަދި އުމްރާގެ ފުރުސަތު އެ ކުންފުނިން ދީފައި ވަނީ ކޮންމެ އަހަރަކު އަންހެން މުވައްޒަފަކަށާއި، ފިރިހެން މުވައްޒަފަކަށެވެ. އެހެން ނަމަވެސް ޕޮލިސީއަށް ބަދަލުގެނެސް މިދިޔަ އަހަރު ވަނީ ހައްޖުގެ އަޅުކަމަށާއި އުމްރާގެ އަޅުކަމަށް ފިރިހެން ދެ މުވައްޒިފަކަށް އަދި އަންހެން މުވައްޒަފު ހޮވުމަށް ނިންމާފައެވެ.
ހައްޖުގެ އަޅުކަން އަދާކުރުމަށް މި އަހަރު ގުރުއަތުން ހޮވުނީ ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓްގެ މުވައްޒިފު އަހްމަދު ވަހީދާއި ކ. ކާށިދޫ އިންޖީނުގެ މުވައްޒިފު ހަސަން ޒަރީރާއި ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ މުވައްޒިފެއް ކަމަށްވާ އާމިނަތު ޖަލީލާ އެވެ.
އުމްރާގެ އަޅުކަން އަދާކުރުމަށް ގުރުއަތުން ހޮވިފައިވަނީ ވިލިނގިލި އަވަށު އިންޖީނުގެ މުވައްޒިފެއް ކަމަށްވާ ބުންޔާމީން މުހައްމަދު ނަސީރާއި ވިލިނގިލި އަވަށު އިންޖީނުގޭގެ އަހުމަދު މުސްތަފާ އަދި ހިއުމަން ރިސޯސަސް އެންޑް ޓްރެއިނިންގ ޑިޕާޓްމަންޓް މުވައްޒިފެއް ކަމަށްވާ ޝިފްރާ އިލްހާމް އެވެ.
ސްޓެލްކޯ އިން ބުނީ ހައްޖުގެ އަޅުކަމުގެ ފުރުސަތު ދެނީ ކުންފުންޏަށް 15 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށް އަދި ޚިދުމަތުގަައި ދެމިތިބި މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށް ކަމަށެވެ. އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ދެނީ ފަސް އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށް ކަމަށެވެ.