ENGLISH

21 އޭޕްރީލު 2025

Advertisement

ރާއްޖެ އެތެރެކުރަން އުޅުނު 6.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

13 މާރިޗު 2025

|

ޝާމަ ޝުޢައިބު

ކަސްޓަމްސްއިން ވަނީ މަސްތުވާތަކެތި ހިމެނުނު ޕެކޭޖެއް އަތުލައިގެންފަ--ފޮޓޯ/ ކަސްޓަމްސް

ރާއްޖެ އެތެރެކުރަން އުޅުނު 6.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސަސް އިން އަތުލައިގެންފިއެވެ. 

ކަސްޓަމްސް އިން 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ބުނީ އެ އޮފީހުން އަތުލައިގެންފައިވަނީ ކަނޑު މަގުން ރާއްޖެ އެތެރެކުރަން އުޅުނު 6.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަމަށެވެ. 

އެ އޮފީހުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު އަތުލައިގެންފައިވަނީ 2،138 ގްރާމް މެތަމްފެޓަމިން، 1،086 ގްރާމް ކެޓަމިންގެ އިތުރުން 310 ގްރާމް ހެރޮއިންއެވެ.

މި ތަކެތީގެ ޖުމްލަ ބަރުދަނުގައި 3.5 ކިލޯގްރާމް ހުރިކަން ފާހަގަކޮށް ކަސްޓަމްސްއިން ބުނީ މިތަކެތީގެ މަގުމަތީ އަގަކީ 6.7 މިލިއަން ދިވެހި ރުފިޔާ ކަމަށެވެ. 

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި މިދިޔަ ފެބްރުވަރީ މަހުގެ 19 ވަނަ ދުވަހު ވެސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ އުމުރުން 33 އަހަރުގެ ޗައިނާ މީހެކެވެ. އޭނާއަށް ތުހުމަތުކުރީ ރާއްޖެއަށް ޑްރަގު އެތެރެކުރުމާއި ބޭނުންކޮށް، އެތަކެތީގެ ވިޔަފާރުކުުރުމުގެ ތުހުމަތެވެ. 

ކިޔުންތެރިންގެ ހިޔާލު