ENGLISH
12 ޖުލައި 2025
އަސްކޮއި ގުރޫޕުގެ މައްސަލަ ބަލަން ފަށައިފި
13 މާރިޗު 2025
|
އަސްކޮއި ޖަމާޢާތުގެ މައްސަލަ ބަލަން ފަށާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ ޝަހީމް އެކްސްގައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަސްކޮއި ހައްޖު ގުރޫޕުގެ މައްސަލަ އިސްލާމިކް މިނިސްޓްރީގެ ސަމާލުކަމަށް އައިސްގެން އެ މިނިސްޓްރީގެ ކަމާ ބެހޭ ޔުނިޓްގެ ފަރާތުން ދަނީ މައްސަލަ ބަލަމުން ގެންދާ ކަމަށެވެ.
އަސްކޮއި ގުރޫޕްގެ ބަލަމުންދަނީ ކޮން މައްސަލައެއް ކަމަށް މިނިސްޓަރު ވިދާޅެއްނުވެ އެވެ. ނަމަވެސް މި ރަމަޟާން މަހު އުމްރާއަށް ދިއުމަށް އަސްކޮއި ގުރޫޕަށް ފައިސާ ދެއްކި ހަ މީހަކު އުމްރާއަށް ނުގެންދެވޭނެ ކަން އެ ގުރޫޕުން އެންގި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. އެ ގްރޫޕަށް ފައިސާ ދެއްކީ މީހަކަށް 42،000ރ. ގެ ރޭޓުން ޖުމްލަ 252،000ރ. އެވެ.
އަސްކޮއި ގުރޫޕުގެ މައްސަލަ ބަލަމުންދާކަން ހާމަކުރައްވައި މިނިސްޓަރ ޝަހީމް ވިދާޅުވީ އުމްރާއަށް މީހުން ގެންދިއުމުގެ ޤަވާޢިދާ ޚިލާފްވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި މިފަހުން ވެސް ޖަމާޢަތްތަކެއްގެ ހުއްދަ ބާޠިލްކޮށް ފިޔަވަޅުއަޅާފައިވާނެ ކަމަށްވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
އަސްކޮއި ގުރޫޕުން މީގެ ކުރިންވެސް ވަނީ މި ފަދަ މައްސަލަތައް ދިމާވެފަ އެވެ. އެ ގޮތުން 2018 ވަނަ އަހަރު އެ ގުރޫޕުން އުމްރާއަށް ދާން ފައިސާ ދެއްކި ބަޔަކަށް ވަގު ޓިކެޓްތަކެއް ވިއްކި މައްސަލައެއްވެސް ފެންމަތިވި އެވެ.