ENGLISH

21 އޭޕްރީލު 2025

Advertisement

އަހަރުގެ ފުރަތަމަ 70 ދުވަސްތެރޭ ރާއްޖެއަށް ބައި މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި

13 މާރިޗު 2025

|

ޢަލީ ޝަހީމް

މިއަހަރުގެ ފުރަތަމަ 70 ދުވަސްތެރޭ ރާއްޖެއަށް ބައި މިލިއަން ފަތުުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. 

ޓޫރިޒަމް މިނިސްޓްރީން އިއްޔެ އާއްމުކުރި ތަފާސްހިސާބުގައި ބުނެފައިވަނީ މާރިޗް 11 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 500،233 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށެވެ. 

މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 478،416 ފަތުރުވެރިންނެވެ. އެއީ 4.6 އިންސައްތައިގެ ކުރިއެރުމެކެވެ. 

ޓޫރިޒަމް މިނިސްޓްރީން ބުނީ މިދުވަސްވަރު ދުވާލަކު 7146 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާ ކަމަށެވެ. 

އެންމެ ފަހުގެ ތަފާސްހިސާބުގައި ވެސް އެންމެ ގިނައިން ރާއްޖެ ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެގައުމުން 63478 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ދެން އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އައީ އިނގިރޭސިވިލާތާއި ރަޝިއާއިންނެވެ. ޖުމްލަ ފަތުރުވެރިންގެ ތެރެއިން ޗައިނާއިން 12.7 އިންސައްތަ ހިއްސާވެއެވެ.

ބައި މިލިއަން ފަތުރުވެރިންގެ ތެރެއިން 345495 ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރިސޯޓުތަކަށެވެ. އެއީ ޖުމްލަ އަދަދުގެ 69.1 އިންސައްތައެވެ. ރާއްޖޭގެ ގެސްޓްހައުސްތަކަށް 127،954 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އެއީ ޖުމްލަ ޒިޔާރަތްކުރި ފަތުރުވެރިންގެ 25.6 އިންސައްތައެވެ. 

ރާއްޖެގޭ ތާރީހުގައި ފުރަތަމަ ފަހަރަށް ވަނީ މިދިޔަ އަހަރު ދެ މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ސަރުކާރުގެ މިއަހަރުގެ އަމާޒަކީ 2.2 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރުމެވެ. 

ކިޔުންތެރިންގެ ހިޔާލު